އެސްބީ މާޓް ފިހާރައިގައި ރޯވެފައި- ފޮޓޯ: ސަން

ފިހާރައެއްގެ އޭސީގައި އަލިފާން ރޯވެ، ގެއްލުންތަކެއް ވެއްޖެ

މާލޭގެ ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ، އެތަނަށް ގެއްލުންތަކެއް ވެއްޖެ އެވެ.

މި އަލިފާނުގެ ހާދިސާ ހިނގީ، ޑރ. ޑީޑީ ކްލިނިކް ކައިރީ ހުންނަ އެސްބީ މާޓް ފިހާރައިގައި، ރޭގެ ވަގުތެއްގައެވެ. މި އަލިފާނުގެ ހާދިސާ ހިނގީ ފިހާރައިގައި އިން އޭސީއެއްގައި ރޯވެގެންނެވެ.

ފުލުހުން ރޭ ބުނީ، އެ ފިހާރައިގައި ރޭ 01:34 ހާއިރު އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީނުން ހަރަކާތެރިވެ، އަލިފާނގަނޑު ނިއްވާލައިފައިވާ ކަމަށެވެ. އަލިފާންގަނޑު ނިއްވާލެވުނުީ 01:44 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ފިހާރައިގެ އަލިފާން ރޯވެ މުދަލާއި ތަކެތި އަނދައިފައި- ފޮޓޯ: އެމްއެންޑީއެފް

އަލިފާނުގެ ހާދިސާ ހިނގައިފައިވާ އެސްމީ މާޓް ފިހާރަ ހުންނަނީ، ތިން ބުރި އިމާރާތުގެ އެންމެ ތިރީގައި ހުރި ފަންގިފިލާގައެވެ. އަލިފާންގަނޑު ނިއްވުމަށް އެމްއެންޑީއެފް ޓީމުން އެ ފިހާރަތެރެއަށް ވަދެފައިވަނީ  ފިހާރައިގެ ބިއްލޫރިގަނޑު ތަޅައިލައިގެންނެވެ.

ފިހާރައިގެ އަލިފާން ރޯވެ މުދަލާއި ތަކެތި އަނދައިފައި- ފޮޓޯ: އެމްއެންޑީއެފް

އަލިފާނުގެ ހާދިސާ ހިނގިއިރު އެ ފިހާރައިގައި ގިނަ އަދަދެއްގެ މުދާ ހުއްޓެވެ. އަލިފާންގަނޑު ނިއްވާލެވުނު އިރު، މުދަލަށާއި ފިހާރައަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން ފިހާރައިގައި ބަހައްޓައިފައި ހުރި ގިނަ މުދާތަކެއް އަނދާ ހުލިވެފައިވާއިރު، ފިހާރައިގެ އެއްޗެހި ބަހައްޓާ "ރެކް" ތައްވެސް ވަނީ އަލިފާންރޯވުމުގެ ސަބަބުން ހަލާކުވެފަ އެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ