މަސްތުވާތަކެތީގެ ޓްރެފިކިންގ މައްސަލަތަކާއި އެނޫން މައްސަލަތަކުގައި ޑްރަގް އެންފޯސްމަންޓުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 314 ކިލޯގެ މަސްތުވާތަކެތި ނައްތާލުމުގައި އޮބްޒާވަރުންގެ ގޮތުގައި އާންމު ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފުލުހުން ބުނީ، މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި އާންމު ރައްޔިތުންގެ ތެރެއިން އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވާން ބޭނުންވާ މީހުން ނަން ނޯޓުކުރުމުގެ ފުރުސަތު މިއަދު ހަވީރު 04:00 އާއި ހަމައަށް ވަނީ ހުޅުވާލައިފައި ކަމަށެވެ.
މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ މީހުންގެ ފުރިހަމާ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރާއެކު ޕޮލިސް މީޑިއާ މެއިލް [email protected] އަށް މެއިލް ކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ، މި ހަރަކާތުގައި އާންމު ރައްޔިތުންނަށް އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށްހަމަޖެހިފައިވަނީ މެއިލް ކުރާ ތަރުތީބުން ކަނޑައެޅޭ ވަކި މިންވަރަކަށް ކަމަށެވެ.
މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 28 ވަނަ ދުވަހުގެ ހެނދުނު ދޫނިދޫގައެވެ.