ރައީސް ސޯލިހާއި، މިނިސްޓަރު އަސްލަމް-- ފޮޓޯ: ރާއްޖެއެމްވީ

ރާއްޖެ ތަރައްޤީކުރަން، ރައީސް ސޯލިހް އިތުރު ދައުރަކަށް ހުންނަވާނެ: މިނިސްޓަރު

ރާއްޖެ ތަރައްގީ ވެފައިވާ ގައުމަކާ ހިސާބަށް ގެންދިއުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިތުރު ދައުރަކަށް ވެރިކަމުގައި ހުންނަވާނެ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ، ކ. މާފުށިން ހިއްކި ބިމާއި ޕިކްނިކް އައިލެންޑް ރަށު ކައުންސިލާ ހަވާލުކުރުމަށް އިއްޔެ ހަވީރު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.

އަސްލަމް ވިދާޅުވީ،ކޮވިޑް-19 ގެ ހާލަތުގައިވެސް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ހުއްޓާނުލާ ކުރިއަށް ގެންދިޔަ ކަމަށާއި، އަދި އާ މަޝްރޫއުތައްވެސް ހިންގަން ފެށިކަމަށެވެ. އެހެންކަމުން ސަރުކާރުން ފަސް އަހަރުތެރޭ ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ފަހު، ބާކީ މަޝްރޫއުތައް ނިންމަން ރައީސް ސޯލިހް ދެވަނަ ދައުރަކަށް ވެރިކަމުގައި ހުންނަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމުގައި 373 އުމްރާނީ ތަރައްޤީގެ މަސައްކަތް މި ސަރުކާރުން ކުރަމުން އަންނަ ކަމަށާއި އޭގެ ތެރެއިން ނިމިފައިވާ މަސައްކަތްތަކަށް 1.86 ބިލިއަން ރުފިޔާއަށް އަރާކަމަށެވެ. އަދި ކުރިއަށް ހިނގާނެ ހަރަދުތަކުގެ އަގު 16.2 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށާއި ފަސް އަހަރުގެ ތެރޭގައި ޖުމްލަ 18 ބިލިއަން ރުފިޔާގެ މަސައްކަތްކުރާނެ ކަމަށް އެމަނިކުފާނު ވިދާލުވި އެވެ.

އަސްލަމް ވިދާޅުވީ، މި ސަރުކާރުން މަޝްރޫއުތައް ހިންގާ ސްޕީޑުގައި ކުރީގެ އެއްވެސް ސަރުކާރަކުން މަޝްރޫއުތައް ހިންގައިފައި ނުވާކަމަށެވެ.

"އަޅުގަނޑުގެ އުމުރުގައި މިވާހާ ދުވަހު ސަރުކާރުގެ އެކި އެކި މަގާމުތަކުގައި މަސައްކަތް ކޮށްފިން. ރާއްޖޭގައި މަޝްރޫއުތައް ހިންގާފަހުރި ސްޕީޑުތައް އަޅުގަނޑުވެސް ދެކެފިން. މިއަދު އަޅުގަނޑުމެން މި ހިންގާ ސްޕީޑުގައި މި ހިންގާ ގިނަ މިނުގައި މަޝްރުއުތައް ހިންގި ދުވަސްވަރެއް އަޅުގަނޑުގެ ހަޔާތުގައި އަޅުގަނޑު ނެދެކެނެ،"

"ތަރައްގީ ވެފައިވާ ގައުމަކާ ދިމާއަށް ރާއްޖެ މިސްރާބު ޖަހާފައި އޮތްއިރު ތަރައްގީ ވެފައި އޮތް ގައުމަކަށް ވުމަށް ކައިރިވެފައިވާ ހިސާބަށް ގެންދިޔުމަށް މަނިކުފާނު އިރާދަކުރެއްވިއްޔާ މި ފަސް އަހަރަށް ވުރެ އިތުރަށް ރާއްޖޭގެ ވެރިކަމުގައި ހުންނަވާނެ" އަސްލަމް ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ