އދ. މާފުށިވަރު ރިސޯޓު-

ތިމާވެއްޓަށް ގެއްލުން ދިނުމުން، މާފުށިވަރަށް 400،000ރ. ގެ ޖޫރިމަނާއެއް

އދ. މާފުށިވަރު ރިސޯޓުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރުމާ ގުޅިގެން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ން މާފުށިވަރު ރިސޯޓު 402،500ރ. އިން ޖޫރިމަނާކޮށްފި އެވެ.

އީޕީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޕެރެޑައިސް ރިސޯޓްސް ޑިވެލޮޕްމަންޓް އެންޑް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްއިން އދ. މާފުށިވަރު ރިސޯޓް އިތުރަށް ތަރައްގީ ކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ފާސްކޮށްފައިވާ ކޮންސެޕްޓަށް ހަދާފައިވާ ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓާއި އެ އޭޖެންސީއިން މިމަޝްރޫޢަށް ދޫކުރާ ހުއްދައާ ރިސޯޓުން ހިލާފުވެފައިވާ ކަމަށެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާޢިދުގެ 16 ވަނަ މާއްދާގެ ދަށުން އަދި ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ 10 ވަނަ ނަންބަރަށް ރިޢާޔަތްކޮށް ޕެރެޑައިސް ރިސޯޓްސް ޑިވެލޮޕްމަންޓް އެންޑް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭ އިން ބުންޏެވެ.

އެ ރިސޯޓު ޖޫރިމަނާކޮށްފައި ވަނީ ޖުމްލަ 402,500 (ހަތަރު ލައްކަ ދެ ހާސް އްސަތޭކަ) ދިވެހިރުފިޔާއިންނެވެ.

އީޕީއޭއިން އިތުރަށް ބުނީ، މި މިޖޫރިމަނާ ފައިސާ އެއެޖެންސީއަށް 30 (ތިރީސް) ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް އެފަރާތަށް އަންގައިފައިވާ ކަމަށެވެ.

ޕެރެޑައިސް ރިސޯޓް ޑިވިލޮޕްމަންޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން، މާފުށިވަރު ތަރައްގީ ކުރުމުގެ އީޕީއޭގެ ހުއްދައާއި ހިލާފުވެފައި ގޮތުގެ ތަފްސީލެއް އިޕީއޭއިން އަދި ހާމައެއްނުކުރެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ