ވ. ވަށުގިރި-- ފޮޓޯ: އިންސްޓަގްރަމް (iimmak)

ތިމާވެއްޓަށް ގެއްލުންވާގޮތަށް މަސައްކަތްކުރުމުން ވަށުގިރިއަށް 5 ލައްކަ ރުފިޔާގެ ޖޫރިމަނާއެއް

ވ. ވަށުގިރީގައި ޤަވާޢިދާ ޚިލާފަށް މަސައްކަތް ކުރުމާއި ގުޅިގެން ވަށުގިރި ޕްރައިވެޓް ލިމިޓެޑް 593،750 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

އެންވައިރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ވަށުގިރި ޕްރައިވެޓް ލިމިޓެޑްއިން ވ.ވަށުގިރީގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބައެއް މަސައްކަތްތައް ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާއި ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އީޕީއޭއިން ނުދެއެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާޢިދުގެ ދަށުން އަދި ތިމާވެއްޓަށް
އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދަށް  ރިޢާޔަތްކޮށް ޖުމްލަ 593،750 (ފަސް ލައްކަ ނުވަދިހަ ތިންހާސް ފައްސަތޭކަ ފަންސާސް ) ދިވެހިރުފިޔާއިން ވަށުގިރި ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭ އިން ބުންޏެވެ.

އެހެންކަމުން އިއްޔެއިން ފެށިގެން 30 ދުވަހުގެ މުއްދަތުގެ ތެރޭގައި އެ ޖޫރިމަނާ ދެއްކުމަށް އީޕީއޭއިން ވަނީ ވަށުގިރި ޕްރައިވެޓް ލިމިޓެޑަށް އަންގައިފަ އެވެ.

އީޕީއޭއިން މިދިޔަ މަހު ވަނީ އދ. މާފުށިވަރު ރިސޯޓުގއިވެސް ގަވާއިދާ ހިލާފަށް މަސައްކަތް ކުރުމާ ގުޅިގެން ތަން ތަރައްގީ ކުރި ކުންފުނި، ޕެރެޑައިސް ރިސޯޓް ޑިވިލޮޕްމަންޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑު  402،500 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ