ހިޔާ ފްލެޓް ސަރަހައްދުގައި ޖަމާކޮށްފައި އޮތް ކުނިތަކެއްގައި ރޯވެ އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓް ޓަވަރު 13 އަދި 14 ކުރިމަތީ ޖަމާކޮށްފައި ހުރި ކުނިތަކުގައި ރޯވި އަލިފާނުގެ ހާދިސާއެއް ހިނގައިފައިވާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ 12:56 ހާއިރުކަމަށް އެމްއެންޑީއެފުން މައުލޫމާތު ދިނެވެ.
މި ހާދިސާގެ ރިޕޯތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔާ ފައިޓަރުން އެ ސަރަހައްދުގައި ވަނީ ހަރަކާތްތެރިވެފަ އެވެ.
އެމްއެންޑީއެފުން ބުނީ، ފަޔާ ފައިޓަރުން ކުރި މަސައްކަތުން ރޯވެފައިވާ އަލިފާން ނިއްވާލާފައިވަނީ ރޭ 02:10 ހާއިރު ކަމަށެވެ. މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެ އެވެ.

މީގެ ކުރިންވެސް ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ފްލެޓްތައް ކައިރީގައި ހުރި ކުނިތަކެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ވަނީ ހިނގައިފައެވެ. އަދި ފެލެޓުގެ ބޭރަށް ކުނި ޖަމާކޮށް، އެތަކެތި އުކާނުލެވި ގިނަ ދުވަސްވުމުން ކުނިތައް ހަލާކުވެ، ނަޖިސް ވަސް ދުވާ މައްސަލަވެސް އޮތީ ފެންމަތިވެފަ އެވެ.
ނަމަވެސް އެޗްޑީސީން ވަނީ 17 އޮގަސްޓް 2021ން ފެށިގެން ހުޅުމާލެ ފޭސް-2 ގައި އިމާރާތް ކޮށްފައިވާ ފުލެޓުގައި ދިރި އުޅެމުންދާ ފަރާތްތަކާއި އަދި ފުލެޓުތަކުގައި މަސައްކަތްކުރަމުން ގެންދާ ފަރާތްތަކުގެ ގޭބިސީން އުފެދޭ ކުނިވާ ޒާތުގެ ކުނި ނެގުމުގެ އިންތިޒާމްތައް ހަމަޖައްސައިދީފަ އެވެ. އަދި ހިޔާ ފްލެޓްތަކުގައި އުފެދޭ ކުނިތައް އުކާލަން އެޗްޑީސީން ވަނީ 6 ސަރަހައްދެއްގައި ޑަސްބިން ބަހައްޓައިފަ އެވެ. އަދި ޑަސްބިނަށް ކުނި އެޅުމަށް އެޗްޑީސީން ވަނީ އިލްތިމާސްވެސް ކޮށްފަ އެވެ.




ހިޔާލު
ރޯވަނީހޭ)ނުވަތަރޯކުރަނީހޭ