ފޮޓޯ: މޯލްޑިވްސް ޓުޑޭ

އާރަށު މައްސަލައިގައި ރައީސް ޔާމީންގެ ޝަރީއަތް ފަށައިފި

ވ. އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒް ބޭނުންކޮށް ރިޝްވަތު ނެގި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް މިއަދު ފަށައިފި އެވެ.

މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި 1 މިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި ދައުވާ އުފުލައިފައި ވަނީ ނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި  ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށެވެ.

ޔާމީންގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތު ގަބޫލުކުރުމާއި، އެ ފައިސާ ލޯންޑާ ކުރިކަމުގެ ދައުވާ އެވެ. ނައީމްގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.

އެ މައްސަލައިގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ފަށާފައިވާއިރު, ރައީސް ޔާމީން ވަޑައިގަތީ ފަސް މީހުން ހިިމެނޭ ވަކީލުންގެ ޓީމަކާއެކު އެވެ. އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ ދައުވާ ރައްދުވާ ދެ މީހުންނަށް މައްސަލައިގެ ލިޔެކިޔުންތައް ލިބިފައިވޭތޯ އައްސަވައިފަ އެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގެ ފަރާތުން ބުނެފައިވަނީ, ބައެއް ލިޔެކިއުންތައް ލިބުނު ނަމަވެސް، އަޑުއެހުމަށް ވަގުތުކުޑަތަންވެފައި ވާތީވެ އެ ދިރާސާ ކުރުމަށް ވަގުތު ލިބިފައި ނުވާ ކަމަށެވެ.

އެއްވެސް ވަކީލަކާ ނުލާ އެކަނި މިއަދުގެ އަޑުއެހުމަށް ވަޑައިގެން ޔޫސުފް ނައީމް އާ ގާޒީ ސުވާލުކުރުމް އޭނާ ބުނެފައި ވަނީ، އޭނާ އެދިވަޑައިގަތީ ވަކީލަކު ހަމަޖައްސަން ތިން ހަތަަރު ހަފްތާގެ މުއްދަތެއް ދިނުމަށެވެ. އެހެން ކަމުން ވަކީލަކު އައްޔަނު ކުރުމަށް ގާޒީ ވަނީ 10 ދުވަހުގެ މުހުލަތެއް ޔޫސުފަށް ދެއްވައިފައެވެ.

އެއަށްފަހު ގާޒީ ޝަކީލުވަނީ މި މައްސަލައިގައި ދެން އޮންނަ އަޑުއެހުންތައް އޮންނަ ތާރީހުތައް އިއުލާންކުރައްވައިފަ އެވެ.

އިސް ގާޒީ ޝަކީލު ވިދާޅުވީ، މި މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 9:30 އަށް އަދި މި މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 9:30 އަށް އެ މައްސަލައިގެ އަޑުއެހުމަށް ތާވަލުކޮށްފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ