ބައްޕައަކު އަންހެން ދަރިފުޅަށް ހަމަލާދީ މޭކަށިގަނޑު ބިންދާލައިފި

ހުޅުމާލޭގައި ބައްޕައަކު އަންހެން ދަރިފުޅަށް ބޮޑެތި އަނިޔާތަކެއް ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުން މިރޭ ބުނެފައިވަނީ، ހުޅުމާޅެގައި 21 އަހަރުގެ ދިވެހި އަންހެނަކަށް ގެވެށި އަނިޔާކުރި މައްސަލައެއް ފެންމަތިވެފައިވާ ކަމަށެވެ. އަދި އަނިޔާވި އަންހެން ކުއްޖާއަށް ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްގެން ފަރުވާ ދީފައިވާ ކަމަށެވެ.

ފުލުހުންނަށް މި މައްސަލަ ހުށަހެޅީ މިއަދު މެންދުރުކަމަށް ފުލުހުން މައުލޫމާތު ދިނެެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، 21 އަހަރުގެ އަންހެން ކުއްޖާއަށް އަނިޔާކޮށްފައިވަނީ އޭނަގެ ބައްޕަ އެވެ. އަދި މި އަނިޔާގެ ސަބަބުން އަންހެން ކުއްޖާގެ މޭކަށިގަނޑުގައި ރެނދުލައިފައިވާ ކަމަށް އެނގިފައިވެއެވެ.

ބައްޕަ ދަރިފުޅަށް އަނިޔާކުރީ ދެބަސްވުމެއްގެ ތެރެއިން ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ދެބަސްވާން ދިމާވި ވަކި ސަބަބެއް އެނގިފައެއް ނުވެ.

ފުލުހުން ބުނީ، ޖެންޑާ މިނިސްޓްރީ އާއި ގުޅިގެން މި މައްސަލަ އިތުރަށް ތަހުޤީގުކުރަމުންދާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
112
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ