މަގުމަތީ ހުރި ސައިކަލު ވަށިގަނޑެއްގައި އޮތް ލެޕްޓޮޕެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، ރޭގެ ވަގުތެއްގައި އިއްޒުއްދީން މަގުގައި ހުރި ސައިކަލެއްގެ ވަށިގަނޑުގައި އޮތް ލެޕްޓޮޕެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށާއި، ލެޕްޓޮޕްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
މި ލެޕްޓޮޕްގެ ވެރިފަރާތެއް ވާނަމަ، ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގ އަށް ވަޑައިގެން ލެޕްޓޮޕްގެ މަޢުލޫމާތު ހިއްޞާކޮށްދެއްވުމަށް ފުލުހުން އެދިލައްވައެވެ.
Reyge vaguthehga izzudhin maguga huri cycle ehge vashugandugai oiy leptopeh fuluhunge belumugedhashah genevifaivey. Laptop ge verifaraathehvaanama Shaheed Hussain Adam Building ah dhuruve leptop ge mauloomaath hissaakohla dhevvaa.
— Maldives Police (@PoliceMv) June 21, 2019
މަގުމައްޗަށް ދޫކޮށްލާފައި އޮތް ލެޕްޓޮޕެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަރް ފުލުހުން ފެށިއިރު، ގެއްލޭ ތަކެއްޗާއި، ތަންތަނަށް ދޫކޮށްލާފައި ދެވޭ ތަކެތީގެ އިތުރުން އެކިއެކި ސަބަބުތަކާހުރެ ފުލުހުންނާ ހަވާލުކުރާ ތަކެތީގެ ވެރިފަރާތް ހޯދުމުގައި ފުލުހުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަކޮށްލެވެއެވެ.




