މާލޭގައި ތަރައްޤީކޮށްފައިވާ 211 ޕާކިންގ ސްލޮޓަށް ކުރިމަތިލުމަށް ހުޅުވާލި އިއުލާންތައް ބާތިލް ކޮށް، އަލުން ޕާކިންގ ސްލޮޓްތަކަށް އެދި ހުށަހަޅަން ޖެހޭގޮތަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ކުރި މި ފުރުސަތު ހުޅުވާލާ ކުރި އިއުލާނާއި ގުޅިގެން ޕާކިން ސްލޮޓަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ މެދުގައި މާދަމާ ރޭ ގުރުއަތު ނެގުން ބާއްވަން އޮތީ އޮތީ ތާވަލުކޮށްފައެވެ.
ނަމަވެސް ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މާރަމާ ރޭ ގުރުއަތު ނެގުން ބާތިލް ކުރެވިފައިވާ ކަމަށެވެ. އެގޮތަށް ނިއްމީ ޕާކިންގ ސްލޮޓްތަކަށް ކުރިމަތި ލާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި އިދާރީގޮތުން އޮޅުންތަކެއް އަރާފައިވާކަން ފާހަގަކޮށް، ޕާކިންގ ސްލޮޓްތައް ދޫކުރުމުގެ މަސައްކަތް އަލުން އިޢުލާންކޮށްގެން ކުރިޔަށް ގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގައިފައިވާތީ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
އެހެންކަމުން ހުޅުވާލެވިފައިވާ 211 ޕާކިންގ ސްލޮޓަށް އަލުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މީގެ ކުރިން ޕާކިން ސްލޮޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށްފަހު، ދެ ފަހަރެއްގެ މަތިން ގުރު ނެގުން ކައުންސިލުން ފަސްކޮށްފައިވެ އެވެ. އެގޮތުން މިދިޔަ ޖުލައި މަހު ހުޅުވާލި ފުރަތަމަ ފުރުސަތުގައި، 969 މީހަކު ފޯމު ހުށަހެޅިއިރު، މީޑިއާތަކުގެ ކުރިމަތީގައި ގުރުއަތު ނަގައިފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 5 ގަ އެވެ.
ނަމަވެސް އެފަހަރު ގުރުއަތު ނެގުމުގައި ސުވާލު އުފެދޭ ކަންކަން ހުރެކަމަށް ބުނެ، އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅިއެވެ. އަދި އޭސީސީން އެނގި ގޮތަށް ގުރުއަތު ނެގުން އަލުން ބާއްވަން ހަމަޖެއްސީ މިދިޔަ ޑިސެމްބަރު މަހުގެ 21 ގަ އެވެ. ނަމަވެސް އޭގެ ފަހުން އަނެއްކވެސްާ މި މަހުގެ 5 ވަނަ ދުވަހަށް ގުރު ނެގުން ލަސްކުރިއެވެ.
ސިޓީ ކައުންސިލުން ބުނީ، ގުރުނެގުން ބާއްވަން ނިންމައިފައި ވަނީ ވީހާވެސް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަމަށެވެ.




