ރައީސް ސޯލިހް މާފަރު ރައްޔިތުންނާއި ބައްދަލުކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް

ގިނަ ރަށްރަށުގައި ވައުދުތަކުގެ ބޮޑު ޕަސެންޓެއް ފުރިހަމަވެއްޖެ: ރައީސް

ރަށްރަށުގައި ހިންގަން މި ސަރުކާރުން ވައުދުވެފައިވާ މަޝްރޫއުތަކުގެ ބޮޑު ޕަސެންޓެއް މިހާރު ފުރިހަމަވެއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިލަދުންމަޑުލު ދެކުނުބުރީގެ ފަސް ރަށަކަށް ވަޑައިގަތުމަށް މިއަދު ރައީސް ސޯލިހް ފެއްޓެވި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަންފައި ވަނީ ނ. މާފަރަށެވެ. މާފަރަށް ވަޑައިގެން ރައީސް މިއަދު ވަނީ މާފަރު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ އަދި ރަށުގެ ރައްޔިތުންނާއިވެސް ބައްދަލުކުރައްވައިފަ އެވެ.

އެގޮތުން ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި، ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ކުރަމުން ގެންދަނީ ވައުދުތައް ފުއްދުމަށް ކަމުގައި ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގެ ހުލާސާއެއް ދެމުން ރައީސް އޮފީހުން ކުރި ޓްވީޓެއްގައި ވިދާޅުވީ، ގިނަ ރަށްރަށުގައި %99 - %85 ވައުދުތައް ފުރިހަމަވެއްޖެ ކަމުގައި އެމަނިކުފާނު މިއަދު މާފަރު ރައްޔިތުންނާއި ބައްދަލުކުރައްވާ ވިދާޅުވި ކަމަށެވެ.

ރައީސް ސޯލިހް މިއަދު ވަނީ ސަރުކާރުން ހިންގުމަށް ނިންމާފައިވާ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުވެސް މާފަރު ކައުންސިލާ ހިއްސާކުރައްވާފައެވެ. އެގޮތުން އެ މަނިކުފާނު ވަނީ ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރުމަށް ނިންމާފައިވާ ކަންކަމާއި، ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ކަމާ ގުޅޭ ފަރާތްތަކާއި ގުޅިގެން އެދެވޭ ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ކައުންސިލުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ މާފަރުގެ ތަރައްޤީއާއި ކުރިއެރުމަށް ބޭނުންވާ ކަންކަމާއި، ރަށު ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

އެގޮތުން ކައުންސިލުން އެންމެ އިސްކަމެއްދީގެން އަލިއަޅުއްވާލައްވާފައި ވަނީ މާފަރުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގުމަށް ބޭނުންވާކަމަށާއި، ޞިއްޙީ ޚިދުމަތް ތަރައްޤީކުރުމަށް ބޭނުންންވާ ކަމަށާއި، މާފަރު އިހްތިޞާޞްގައި ކުރިން ހިމެނިފައިވާ ބައެއް އުނިވެފައިވުމުން ދިމާވާ ދަތިތަކާއި، ރަށުގައި ޒުވާނުންގެ މަރުކަޒެއް އެޅުމަށް ބޭނުންވާ ކަމަށާއި، މާފަރު އެއަރޕޯޓް ސަރަޙައްދުގައި ބާކީވެފައި ހުރި ތާރުތަކުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތަކުގެ މައްޗަށެވެ. މީގެ އިތުރުން ވެސް ކައުންސިލުން ވަނީ ރަށުގައި ހުރި އައިސް ޕްލާންޓް އޮޕްރޭޝަނަލައިޒް ކުރެވޭނެ ގޮތް ހައްދަވައިދެއްވުމަށާއި، ބަނދަރަށް ގެންނަން ބޭނުންވާ ބައެއް ބަދަލުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

ނ. މާފަރަށް ކުރެއްވި ދަތުރުފުޅު ނިއްމަވާލެއްވުމަށްފަހު ރައީސް ދެން ވަޑައިގަތީ ނ. ލަންދޫ އަށެވެ. އެގޮތުން ލަންދޫ ކައުންސިލުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސް މިހާރު ވަނީ ބައްދަލުކުރައްވާފަ އެވެ. އޭގެ އިތުރުން  އެ ރަށުގެ ބަނދަރު ރަސްމީކޮށް މިއަދު ރައީސް ހުޅުއްވައިދެއްވާނެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ