ފޮޓޯ: އެމްޕީ ޝިޔާމް

އިންޑިއާ-އައުޓް ހަރަކާތުން ހައްޔަރުކުރި މީހުން ދޫކޮށްލައިފި

އިދިކޮޅު ޕީޕީއެމް އިން އިއްޔެ ހަވީރު މާލެ ސަރަހައްދުގައި ކުރިއަށްގެންދިޔަ އިންޑިއާ-އައުޓް ހަރަކާތުން ހައްޔަރުކުރި މީހުން ދޫކޮށްލައިފި އެވެ.

ކުޑަދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު މި ހަރަކާތައް އަލުން އިއްޔެ ފެށީ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ. އެ ސަރަހައްދަށް އިދިކޮޅު ސަޕޯޓަރުން އެއްވެ، އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ތަކުރާރުކޮށް ގޮވާލަމުން ދިޔައެވެ.

މި ހަރަކާތުގެ ތެރެއިން 11 މީހަކު ފުލުހުންގެ ބެލުމުގެ ދަށަސް ގެނެސްފައިވއެވެ. އެ މީހުންގެ ތެރޭގައި ހިމެނޭ 9 އަންހެނުންނާއި 2 ފިރިހެނުންނެވެ. ފުލުހުން ބުނީ، އެ 11 މީހުންގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ކަމަށެވެ.

ނަމަވެސް އެމީހުން ރޭގެ ވަގުތެއްގައި ދޫކޮށްލައިފައިވާ ކަމަށް ފުލުހުން މިއަދު މައުލޫމާތު ދިނެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި އިދިކޮޅުގެ ހަރަކާތްތައް ރާއްވާ ހިންގުމުގައި އިސްކޮށް ހުންނެވި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލްވެސް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ