އޮމިކްރޮން ޖެހިގެން ފުރަތަމަ ފަހަރަށް އިންޑިއާއިން މީހަކު މަރުވެއްޖެ

ކޮވިޑް-19 ގެ އާ ވޭރިއަންޓް، އޮމިކްރޮން ވޭރިއަންޓް ޖެހިފައި ހުރި މީހަކު އިންޑިއާއިން ފުރަތަމަ ފަހަރަށް މަރުވެއްޖެ އެވެ.

އިންޑިއާގެ ރަޖަސްތާން ސްޓޭޓުން މަރުވި 74 އަހަރުގެ ފިރިހެނަކީ އިންޑިއާއިން އޮމިކްރޮން ވޭރިއަންޓުގައި މަރުވި ފުރަތަމަ މީހާ ކަމަށް އެ ގައުމުގެ ހެލްތް މިނިސްޓްރީން މިދިޔަ ބުދަ ދުވަހު ވަނީ އިއުލާންކޮށްފައެވެ.

އޮފިޝަލުންނާ ހަވާލާދީ ބީބީސީ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޮމިކްރޮން ވޭރިއަންޓުގައި މަރުވި އެމީހާއަކީ ޑައިބެޓިކް ޕޭޝަންޓެކެވެ. އަދި އެހެން ސިއްހީ މައްސަލަތައްވެސް އޭނަގެ ގައިގައި ހުރި ކަމަށް ބުނެފައިވެ އެވެ.

އިންޑިއާއިން މިހާތަނަށް އޮމިކްރޮން ވޭރިންޓުގެ 2،600 އެއްހާ ކޭސް ފެނިފައިވާ ކަމަށް ފަހުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. މީގެ އިތުރުން މިއަދު އެކަނިވެސް އިންޑިއާއިން 90،000 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

ފާއިތުވި ދުވަސްތަކުގައި އިންޑިއާއިން ކޮވިޑް ޖެހޭ މީހުންގެ އަދަދު އެތައް ގުނަ އަކަށް ވަނީ އިތުރުވެފަ އެވެ. އަދި އޮމިކްރިން ވޭރިއަންޓުގެ ސަބަބުން ބަލި ފެތުރޭލެއް ހަލުވެފައިވާ ކަމަށް ބައެއް ސިއްހީ މާހިރުން ބުނެއެވެ.

އިންޑިއާއިން ފާއިތުވި 24 ގަޑިއިރު ތެރޭގައި 300 އަށްވުރެ ގިނަ މީހުން ކޮވިޑް ބަލީގައި މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި އޭގެ ތެރޭގައި އޮމިކްރޮން ވޭރިއަންޓާއި ގުޅޭ އެއް މަރު ހިމެނޭ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ