އޮންލައިން އެޕްލިކޭޝަނެއް މެދުވެރިކޮށް އިންޑިއާގެ މުސްލިމު އަންހެނުންތަކެއް ވިއްކަން "ސޭލު" އެޅުވިކަމުގެ ތުހުމަތުގައި ތިން މީހަކު އިންޑިއާ ފުުލުހުން ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި އިންޑިއާ ފުލުހުން ހައްޔަރުކުރީ 21 އަހަރުގެ ދެ ފިރިހެނަކާއި އަދި 18 އަހަރުގެ އަންހެނަކެވެ. މި ތިން މީހުން ހައްޔަރުކުރުމަށްފަހު ފުލުހުން ވަނީ މި މައްސަލައިގައި މި މީހުންނަށް ސުވާލުކޮށްފަ އެވެ.
މުމްބާއީގެ ފުލުހުން ބުނީ، މި މައްސަލައާއި ގުޅިގެން އިތުރު މީހުންތަކެއް ހައްޔަރުކުރުން އެކަށީގެންވާ ކަމަށެވެ.
އިންޑިއާގެ 100 އެއްހާ މުސްލިމު އަންހެނުންގެ ފޮޓޯ ޖަހައިގެން ނީލަމުގެ އުސޫލުން އެމީހުން ވިއްކާލުަމަށް އެޕްލިކޭޝަނެއް ހަދާ ލައިފައި ވަނީ ވެބް ޕްލެޓްފޯމު ގިޓްހަބަށެވެ. ނަމަވެސް މި މައްސަލަ ހޫނުވުމާއެކު އެ އެޕްލިކޭޝަން މި ހާރުވަނީ އެ ޕްލެޓްފޯމުން ފޮހެލައިފަ އެވެ.
Hi @DelhiPolice. This lot already harassed me by hosting an auction of me and making disgusting lewd comments on me. I had filed an FIR in May with you, but you’ve done absolutely nothing. Now they’re back with this. Good job protecting women. Will you do anything now atleast? https://t.co/HvMlIIho7N
— Hasiba | حسيبة | हसीबा ???? (@HasibaAmin) January 1, 2022
މުމްބާއީގެ ޕޮލިސް ކޮމިޝަނަރ ބުނިގޮތުގައި، މި އެޕްލިކޭޝަން ހެދި ބަޔަކާއި، އެމީހުންގެ މަޤުސަދަކީ ކޮބައިގެން ބުނަން އަދި ތަންކޮޅެއް އަވަހެވެ. އަދި މިވަގުތު ހައްޔަރުކުރި ކޮށްފައި ހުރި ތިން މީހުންގެ މައްޗަށް ކުރަނީ ކޮން ދައުވާއެއް ކަމެއް އަދި ޔަޤީނެއް ނުވެއެވެ.
މުމްބާއީ ފުލުހުން މިދިޔަ އަންގާރަ ދުވަހު ބުނިގޮތުގައި، މި މައްސަލައިގައި ބެންގަލޫރުގައި އިންޖިނިއަރިންގެ ދާއިރާއިން ކިޔަވަމުން އަންނަ ދަރިވަރަކާއި، އުއްތަރުކާންދު ސްޓޭޓުން މީހަކާއި، އަދި ހަމަ އެ ސްޓޭޓުން ކިޔަވާ ދަރިވަރަކުވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
މީގެ އިތުރުން މި މައްސަލައާއި ގުޅިގެން ސުވާލުކުރުމަށް އިތުރު ބަޔަކުވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
"ބުއްލީ ބާއި"ގެ ނަމުން ނަން ދީފައިވާ މި އެޕްލިކޭޝަންގައި ނީލަމަށް ވިއްކާލުމަށް ކަމަށް ބުނެ ލާފައިވާ އަންހެނުންގެ ފޮޓޯތަކުގެ ތެރޭގައި، މުސްލިމު ޖާނަލިސްޓުންނާއި އެކްޓިވިސްޓުންވެސް ހިމެނެ އެވެ.
މިއީ މުސްލިމު އަންހެނުންނަށް ފުރައްސާރު ކުރުމުގެ ގޮތުން އޮންލައިން ކޮށް އެމީހުން ނީލަމުގައި ވިއްކާލަން ޖެހި ދެވަނަ ފަހަރެވެ. މީގެ ކުރިން 'ސުއްލި ޑީލްސް' ނަމަކަށް ކިޔާ ވެބްސައިޓެއްގައި މިގޮތަށް މުސްލިމު އަންހެނުންގެ ފޮޓޯ ލައިގެން މި އަމަލު ހިންގައިފައިވެ އެވެ.