އެމެރިކާގައި އޮތް މަޝްހޫރު ލަވަކިޔުންތެރިޔާ ޑޯޖާ ކެޓްގެ މިޔުޒިކް ކޮންސެޓެއްގެ ތެރެއިން ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ހިލޭ ވަދެވޭގޮތަށް އިންޑިއަނަޕޮލިސް ގައި އޮތް މި ކޮންސެޓަށް ވަންނަން ފޭނުން ކިއު ހަދަން ފެށީ ހަވީރު ފަހެއް ޖަހާއިރު އެވެ. އަދި ކޮނޑުގައި ދަބަހެއް އަޅުވައިގެން ކިއުގައި ހުރި ފިރިހެނަކު، ދަބަސް ތެރޭގައި ބޮމެއް އޮތް ކަމަށް ކިއުގައި ހުރި މީހުން ކައިރީ ވަނީ ބުނެފައެވެ. އޭނާ އެގޮތަށް ކަންތައް ކުރީ ކިއުގެ އެންމެ ކުރިއަށް އަރަންކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
ބިމުގެ އިންޒާރު ދިމުން ފުލުހުން ވަނީ އެ ސަރަހައްދު 20 މިނެޓް ވަންދެން ހުސްކޮށްފައެވެ. އަދި ކޮންސެޓް ކުރިއަށް ގެންދިޔައީ ދަބަސް އެތެރެ ބެލުމަށްފަހު އެއްވެސް ނުރައްކަލެއް ނެތްކަން އެނގުމުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
— IMPD (@IMPDnews) January 8, 2022
މި މައްސަލައިގައި އެ ފިރިހެން މިހާ ހައްޔަރުކުރުކޮށް، ބޮމުގެ އިންޒާރު ދިނުމުން އެ މައްސަލަ އަދިވެސް ތަހުޤީގުކުރަމުންދާކަމަށް އިންޑިއަނަޕޮލިސްގެ ޕޮލިސް ޑިޕާޓްމެންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ޑެޕިއުޓީ ޗީފް ޖޯޝުއާ ބާކާ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ، ޑޮޖާ ކެޓްގެ ކޮންސެޓަށް ވަންނަން އުޅުނު މީހާ ބޭނުންވީ ކޮންސެޓަށް ވަންނަން އޮތް ކިއުގެ ކުރިއަށް އަރައިގެން ދާން ކަމަށެވެ. އެހެންކަމުން އެތާ ހުރި މީހުން ކައިރީ އޭނަގެ ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނީ ކަމަށެވެ.
އޭނާގެ މި އަމަލާއި ގުޅިގެން ކޮންސެޓަށް ވަންނަން އުޅުނު އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށް މީސްމީޑިއާގައި ލިޔެފައެވެ.
My boyfriend and I waited at the front of the line since noon. Just for us to get trampled and fearing for our lives.
— Paige Osborne (@paigeosborne_) January 8, 2022