"ޓިޕް ޓިޕް ބަރްސާ ޕާނީ" ގެ އާ ވާޝަންއެއް ގެނެސްދެނީ

1994 ވަނަ އަހަރު އަކްޝޭ ކުމާރާއި ރަވީނާ ޓަންޑަން ލީޑް ރޯލުން ފެނިގެން ދިޔަ ފިލްމު "މޮހޮރާ" ގެ އައިކޮނިކް ލަވަ "ޓިޕް ޓިޕް ބަރްސާ ޕާނީ" ރީމޭކްއެއް ގެނެސްދޭން ނިއްމައިފިއެވެ.

ބޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުން މި ލަވައިގެ ރީމޭކް ފެނިގެންދާނީ ރޯހިތު ޝެޓީގެ ކުރިއަށް އޮތް ފިލްމު "ސޫރިޔާވަންޝީ" އިންނެވެ. "ސޫރިޔާވަންޝީ" އަކީ އަކްޝޭ އަދި ކްޓްރީނާ ކައިފް ލީޑް ރޯލުން ފެނިގެންދާނެ ފިލްމެކެވެ.

އަދި "ޓިޕް ޓިޕް ބަރްސާ ޕާނީ" މި އާ ވާޝަން އެއް މި ފިލްމްގައި ގެނެސްދޭން ނިއްމާފައިވާއިރު، ރީމޭކް ލަވައިން އަކްޝޭއާއެކު މިފަހަރު ފެނިގެންދާނީ ކެޓްރީނާއެވެ.

ނުވަދިހައިގެ އަހަރު ތަކުގައި މަޝްހޫރުކަން ހޯދި "ޓިޕް ޓިޕް ބަރުސާ ޕާނީ" ގައި ކުރީގެ އެކްޓްރެސް ރަވީނާ ޓަންޑަންގެ ފަރި ނެށުމުގެ ހަރަކާތްތަކެއް ފެނިފައިވާއިރު، އިންޑިއާގެ ނެށުމުގެ މުބާރާތްތަކުގައި މި ލަވައަކީ އަދިވެސް މަޤުބޫލު ލަވައެކެވެ.

"ޓިޕް ޓިޕް ބަރްސާ ޕާނީ" ގެ އާ ވާޝަންއެއް ގެނެސްދޭކަން ފިލްމްގެ ލީޑް ބަތަލް އަކްޝޭ ކަށަވަރުކޮށްދީފައިވާއިރު، އަކްޝޭ ބުނީ މި ލަވައިގެ ރީމޭކްއެއް ހަދަން ލިބުމުން މިހުރީ ވަރަށް ހިތްހަމަޖެހިފައި ކަމަށާއި، މި ލަވައަކީ އޭނާގެ ފިލްމީ ކެރިއަރުގައި ވަރަށް ހާއްސް ލަވައެއްކަމަށެވެ. އަދި މި ލަވައިގެ ރީމޭކް އެއް އެހެން އެކްޓަރަކު ގެނެސްދިންނަމަ އެކަމާ ވަރަށް ދެރަވާނެކަމަށެވެ.

https://youtu.be/PAQYnne4Yn4

އަންއަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ "ސޫރިޔާވަންޝީ" އަކީ ޕޮލިސް ޑްރާމާ އެކްޝަން ފިލްމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ