މޯލްޑިވިއަނުން ތެލުގެ ހަރަދު ކުޑަ ތިން ބޯޓު ގެންނަން ސޮއިކޮށްފި

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ޤައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާރވިސަސް ލިމިޓެޑް (މޯލްޑިވިއަން) އާއި އޭ.ޓީ.އާރު އާ ދެމެދު ކުންފުނީ ފުރަތަމަ އޭ.ޓީ.އާރު ބޯޓުތައް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މޯލްޑިވިއަނުން އަލަށް ގަންނަން ނިންމާފައިވާ 72-600 ATRގެ ދެ ބޯޓާއި އަދި 600-42 ATRގެ އެއް ބޯޓުވެ. މޯލްޑިވިއަނުން ބުނީ، އަލަށް އިތުރުކުރެވޭ ބޯޓުތަކަކީ ތިމާވެއްޓާއި ރައްޓެހި އިންޖީނުތަކެއް ކަމުގައިވާ PW12XT އާއެކު ގަނެވޭ ބޯޓު ތަކެއް ކަމަށާއި، މިއާއެކު މި ބޯޓުތަކަކީ މިވަގުތު މާކެޓުގައި ހުރި އޭ.ޓީ.އާރުގެ ބޯޓުތަކާއި ބަލާއިރު 3 އިންސައްތަ ތެލުގެ ޙަރަދު ކުޑަ އަދި 20 އިންސައްތަ އިންޖީނު މަރާމާތުގެ ޙަރަދު ކުޑަ އަދި ސަސްޓެއިނަބަލް އޭވިއޭޝަން ފިއުލް (SAF) ބޭނުންކުރެވޭނޭ ބޯޓުތަކެއް ކަމަށެވެ.

މޯލްޑިވިއަން އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދެމެހެއްޓެނިވި ތަރައްޤީ އަކީ ރާއްޖެ ފަދަ ޤައުމެއްގައި ދުއްވާ އެއާލައިން އެއްގެ ހައިސިއްޔަތުން މޯލްޑިވިއަންގެ އަދި އޭ.ޓީ.އާރުގެ ވެސް އެއް އަމާޒު ކަމަށެވެ. އަދި އޭ.ޓީ.އާރު މަރުކާގެ ބޯޓުތަކަކީ މިވަގުތު މާކެޓުގައި ހުރި އެ ކެޓަގަރީގެ ބޯޓުތަކާއި އަޅާ ބަލާއިރު 40 އިންސައްތަ އާއި ހަމައަށް ތެޔޮ އަންދާ މިންވަރު ކުޑަ ބޯތުތަކެއް ކަމަށެވެ.

އޭ.ޓީ.އާރު އާއެކު މިޤާއިމުވެގެންދާ ގުޅުމާއެކު ދިވެހިރާއްޖޭގެ ތަރައްޤީ އިތުރު ހަރުފަތަކަށް ގެންދިއުމަށް ފުރުޞަތު ފަހިވެގެންދާނެ ކަމަށާއި، މިގޮތުން،  ދިވެހި ސަރުކާރުގެ ވައިގެ ދަތުރުފަތުރުގެ ސިޔާސަތު ތަންފީޒުކޮށް ދިވެހިންނާއި ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނަށް ދެމުންދާ ޙިދުމަތްތައް އިތުރަށް ފުޅާކޮށް ރާއްޖޭގެ އެކި ކަންކޮޅުތައް ގުޅާލާއި ޙިދުމަތް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރު  މުހައްމަދު މިހާދު ވިދާޅުވީ އޭ.ޓީ.އާރު އާއެކު މިވެވުނު އެއްބަސްވުމަކީ މިކުންފުނީގެ ކުރިއެރުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

"އަޅުގަނޑު ޤަބޫލުކުރަނީ އާ އިންޖީނާއެކު އޭ.ޓީ.އާރުން މިއުފައްދާ ބޯޓުތަކަކީ އަޅުގަނޑުމެންގެ ފްލީޓް ބަދަލު ކުރުމަށް ވިސްނާއިރު މިވަގުތު މާކެޓުން ލިބޭނެ އެންމެ ރަނގަޅު ބޯޓު ކަމަށް. މި ބޯޓުތަކަކީ ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި، ހިންގުމުގެ ޙަރަދު
ކުޑަ އަދި ފަސިންޖަރުންނަށް ރަނގަޅު ޙިދުމަތެއް ދެވޭނޭހެން ކެބިން އިތުރަށް ފުރިހަމަ ކޮށްފައިވާ ބޯޓުތަކެއް." މިހާދު ވިދާޅުވި އެވެ.

މީގެ އިތުރުން  އޭ.ޓީ.އާރު ގެ ޗީފް އެގްޒެކްޓިވް އޮފިސަރ، ސްޓެފާނޯ ބޯރޓޮލީ ވިދާޅުވީ އޭ.ޓީ.އާރު އާއިލާއަށް އިތުރު މެންބަރެއް އިތުރުވެގެން ދިއުމަކީ ވަރަށް އުފާވެރި ކަމެއް ކަމަށާއި،  އެއްބަސްވުމުގައި ސޮއި ކުރެވިގެން ދިއުމަކީ، ކޮވިޑް-19 ގެ އާލަމީ ވަބާގެ ތެރޭގައިވެސް އެއާރލައިންތަކުން ރިމަގަށް މަސައްކަތްކުރަމުން ދާ ކަމުގެ އަދި އޭވިއޭޝަން ދާއިރާގެ މުސްތަޤުބަލެއް އޮތްކަން ދައްކުވާދޭ ވަރުގަދަ ހެއްކެއް ކަމަށެވެ.

"އޭ.ޓީ.އާރުގެ ބޯޓުތަކަކީ ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކަށް އެންމެ އެކަށޭނެ ބޯޓުތަކެއްކަން ވޭތުވެދިޔަ ސާޅީހަކަށް އަހަރުތެރޭ ސާބިތުކޮށްދީފައި. މި އެއްބަސްވުމާއެކު ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިންގެ ޚިދުމަތް ފުޅާކޮށް ޙިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަކީ ފަހުރެއް." ބޯރޓޮލީ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް