ފޯކައިދޫގައި ސަރުކާރުން އިމާރާތްކުރި އައު އިންޖީނުގެ ހުޅުވައިފި

ށ. ފޯކައިދޫގައި ސަރުކާރުން އިމާރާތްކުރި އައު އިންޖީނުގެއާއި އޮފީސް ހުޅުވައިފިއެވެ.

ފޯކައިދޫގެ އާ އިންޖީނުގެ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހެވެ.

މިއީ ކޮމަންޑޫ ދާއިރާ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީ ކެނޑިޑޭޓްގެ ކެމްޕެއިނަށް އެމަނިކުފާނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެ ދާއިރާގެ ރަށްތަކަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ހަރަކާތެކެވެ.

ފޯކައިދޫގެ އައު އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތައި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ފެނަކައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަރަންޓްގެ ހިދުމަތް ދިނުމަށްޓަކައި ކުރަމުން ގެންދާ މަސައްކަތުގައި އެ ކުންފުނީގެ ހީވާގި މުވައްޒަފުންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އަދި އެ މުވައްޒަފުންނަށް އެ މަނިކުފާނާއި ސަރުކާރުގެ ނަމުގައި ޝުކުރު ދަންނަވާފައިވެއެވެ.

އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ރައީސް ސޯލިހުގެ ވައުދުފުޅެއް ކަމުގައި ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އޭގެ ތެރޭގައި ހިމެނޭ ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަކީ އެއް ވައުދުފުޅު ކަމަށެވެ. އަދި ފެނަކައިން މިއަދު ކުރަމުން ގެންދަނީ އެ މަސައްކަތް ކަމަށެވެ.

ފޯކައިދޫގައި 26 އަހަރުފަހުން އާ އިންޖީނުގެއަކުން ހިދުމަތްދޭން ފަށައިފައި ވާއިރު މީގެ ކުރިން އެ ރަށުގައި ހިދުމަތްދެމުން ގެންދިޔަ އިންޖީނުގޭގެ ކެޕޭސިޓީއަކީ 1370 ކިލޯ ވޮޓެވެ. އެހެންނަމަވެސް ރޭ ފޯކައިދޫގައި ހުޅުވި އާ އިންޖީނުގެއާއެކު އެ ކެޕޭސިޓީ 1520 ކިލޯ ވޮޓަށް ވަނީ އިތުރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ