ކޮޕާއެމެރިކާ - އިކުއެޑޯ އަތުން މޮޅުވެ ޗިލީ ކުއާޓާއަށް ދަތުރުކޮށްފި

ކޮޕާ އެމެރިކާގެ ޗެމްޕިއަން ޗިލީ އަދި އިކުއެޑޯ ރޭ ބައްދަލުކުރި މެޗުން މޮޅުވެ މުބާރާތުގެ ކުއާޓާއަށް ޗިލީ ދަތުރުކޮށްފިއެވެ.

ރޭ ކުޅެވުނު މިމެޗު ޗިލީއިން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ލީޑު ނަގާފައިވަނީވެސް ޗިލީއިންނެވެ. 8 ވަނަ މިނަޓްގައި ފެނިގެން ދިޔަ މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޯސޭ ޕެޑްރޯއެވެ.

އިކުއެޑޯއިން ނަތީޖާ ހަމަހަމަކުރީ ލިބުނު ޕެނަލްޓީއަކުން މެޗުގެ 26 ވަނަ މިނަޓްގައެވެ. އިކުއެޑޯގެ އެނާ ވެލެންސިއާގެ މިލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމު އެއްވަރުވެ އޮވެއެވެ.

ޗިލީއިން ދެވަނަ ފަހަރަށް ލީޑުނެގީ 51 ވަނަ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ސަންޗޭޒް ކާމިޔާބުކޮށްދިން ލަނޑަކާއެކުގައެވެ.

މެންޗެސްޓާ ޔުނައިޓެޑާއިއެކު ހޭދަކުރި ވޭތުވެދިޔަ 18 މަހަށްފަހު ޔުނައިޓެޑް މަޑުކުރަން ބޭނުންނުވާކަން ސަންޗޭޒްވަނީ ހާމަކޮށްފައެވެ.

މެޗުގެ 89 ވަނަ މިނަޓްގައި އިކުއެޑޯގެ ގެބްރިއަލްއަށް ރަތްކާޑެއް ދައްކާ ދަނޑުންވަނީ ފޮނުވާލާފައެވެ.

ރޭގެ މޮޅާއެކު ޗިލީއަށް ކުޅުނު ދެމެޗުން މޮޅުވެ ޖުމްލަ 6 ޕޮއިންޓްވަނީ ލިބިފައެވެ. ގްރޫޕްގެ ދެވަނަގައި އޮތް އުރުގުއާއީއަށް ލިބިފައިވަނީ 4 ޕޮއިންޓެވެ. ގްރޫޕް ފަހު މެޗުގައި ޗިލީ އަދި އުރުގުއާއި ބައްދަލުކުރާއިރު އަނެއް މެޗުގައި ބައްދަލުކުރާނީ ޖަޕާން އަދި އިކުއެޑޯއެވެ. ކުޅުނު ދެމެޗުންވެސް ބަލިވެ، މުބާރަތުގެ އިތުރަށްދެން ކުރިއަށް ދިއުމުގެ ފުރުޞަތު އިކުއެޑޯއަށްވަނީ ގެއްލިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ