މާލޭ ގެއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް!

މާލޭ ގެއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ހ.ނޫއަލިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފަޔަރ އެންޑް ރެސްކިއު ޓީމު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ނޫއަލި ގޭގައި ރޯވެ އަނދަނީ - ފޮޓޯ: ފެށުން

ރާޅުގަނޑު ސަރަހައްދުން ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ ގޭގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައިވާއިރު، އިތުރު ގެއަކަށް އަލިފާންގަނޑު ފެތުރުނުކަމުގެ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، ހެންވެއިރު ނޫއަލިގޭގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ހަރަކާތްތެރިވެ މިހާރު ނިއްވާލާފައިވާ ކަމަށެވެ.

"މި ހާދިސާގެ މައުލޫމާތު އެފްއާރުއެސް ފަޔަރ ކޮންޓްރޯލް ރޫމަށް ލިބިފައިވަނީ މިއަދު 08:55 ހާއިރު. ހާދިސާގެ މައުލޫމާތު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައި. މިގޮތުން ކުރެވުނު މަސައްކަތުން ރޯވެފައި ހުރި އަލިފާން އެއްކޮށް ނިއްވާލެވުނީ 09:25 ހާއިރު." އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

މި ހާދިސާގައި 10 މީހުނަށް ދުމުގެ އަސަރުކޮށްގެން ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ނޫއަލިގެއަށް ލިބުނު ގެއްލުމުގެ ތަފްސީލު އަދި ލިބިފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ