ބްރިޖާއި އެކު ތަރައްގީ ކުރަމުން އަންނަ ރިންގް ރޯޑް ގެ މަސައްކަތުގައި ގައިދީން ބައިވެރިވަނީ - ފޮޓޯ: އަވަސް

ޤައިދީންގެ ޖިންސީ ގުނަވަންތަކަށް ޕެޕަރ ސްޕްރޭ ޖަހާފައިވޭ - ކޮންގްރެސް ޕާޓީ

މިހިނގާ ޖޫންމަހުގެ 20 ވީ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި ޤައިދީންނަށް ޚާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން އަަނިޔާ ކޮށްފައިވާކަމަށް އިދިކޮޅު ސިޔާސީ ޕާޓީ، ޕީއެންސީ އިން ބުނެފިއެވެ.

ޕީއެންސީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޖަލުގައި އެދުވަހު ހިންގާފައިވަނީ ޤާނޫނު އަސާސީގެ ދެވަނަ ބާބުގެ ރޫޚާއި ޚިލާފު އަދި ޖަލުތަކާއި ޕެރޯލް ޤާނޫނާއި، ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާ ޚިލާފު އަނިޔާވެރި ޢަމަލެއް ކަމަށެވެ.

"ޖަލުގައި ތިބި ބައެއް ޤައިދީންގެ ބޯ ބާލައި، އެމީހުންގެ ގައިގައި މުގުރުބުރިން ތަޅައި، ޖިންސީ ގުނަވަންތަކަށް ޕެޕަރ ސްޕްރޭ ޖެހުންފަދަ އަނިޔާވެރި ޢަމަލު ހިންގާފައިވޭ." ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ޕީއެންސީ އިން އިތުރަށް ބުނެފައިވަނީ، ދައުލަތުގެ ބެލުމުގެ ދަށުގައިތިބި ޤައިދީންނަށް މިފަދަ ލާއިންސާނީ އަނިޔާކުރުމަކީ އެއްގޮތަކަށްވެސް ބަލައިގެނެވޭނެ ކަމެއް ނޫންކަމަށާއި، ޖަލުގައި ހިންގި ލާއިންސާނީ އަނިޔާތަކަށްފަހު މިސަރުކާރުން އެކަން ފޮރުވާ އޮއްބާލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ޕީއެންސީ އިން މިހެން ބުނިއިރު، ހޯމް މިނިސްޓަރ ވަނީ ކަންކަން ހިނގާ ދިޔަގޮތް ބެލުމަށް މާފުށީ ޖަލަށް ވަޑައިގެންފައެވެ. އަދި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅުއްވާނެކަމަށްވެސް ހޯމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް