ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ހަވާލުކޮށްފި

ސަރުކާރާ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ރިޔާސީ ޓެކްޓް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް އަރުވައިފިއެވެ.

ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް އަރުވާފައިވަނީ، މާލޭ ކާނިވާ ސަރަހައްދުގައި މިހާރު ކުރިއަށްދާ "ހަވާލޭ ވަޠަން" ޖަލްސާގައި، ދިވެހިރާއްޖޭގެ އެންމެހާ ރަށްތަކުގެ މަންދޫބުން އަދި ކޯލިޝަނުގެ ލީޑަރޝިޕްގެ އެންމެހާ ބޭފުޅުންގެ އަތުން، ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.

ރައީސް ޔާމީނަށް ރިޔާސީ ޓިކލެޓް އެރުވުން - ފޮޓޯ: ޕީޕީއެމް

ދާދި ދެންމެއަކު ރައީސް ޔާމީން ވަނީ 2023 ވަނަ އަހަރުގެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ޓިކެޓާއި ހަވާލުވެވަޑައިގެންފައެވެ.

ރައީސް ޔާމީނަށް ރިޔާސީ ޓިކލެޓް އެރުވުން - ފޮޓޯ: ޕީޕީއެމް

ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ރަސްމީކޮށް ހަވާލުކުރުމަށް މިހާރު ބާއްވަމުންދާ ޖަލްސާ ނުފެށެނީސް ކާނިވަލް ސަރަހައްދު ވަނީ ސަޕޯޓަރުން ވަދެ ފުރާލާފައެވެ.

ރައީސް ޔާމީނަށް ރިޔާސީ ޓިކލެޓް އެރުވުން - ފޮޓޯ: ޕީޕީއެމް

(އިތުރު ތަފްސީލު އަންނަނީ)

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ