މޫނުބުރުގާ އަޅައިގެން ވަދެ މާލޭގެ ފިހާރައަކުން ވައްކަންކުރި ދެއަންހެނުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މިރޭ 22:10 ހާއިރު މާލޭ މަޖީދީ މަހު ގަލޮޅު ރެޑްވޭވް ފިހާރައިން ދެ އަންހެނަކު ވައްކަން ކޮށްފައިވާކަމަށްބުނެ ފުލުހަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މި ވައްކަމުގައި ބައިވެރިވެފައިވަނީ އެ ފިހާރައަށް ވަތް މޫނު ބުރުގާ އަޅައިގެން ތިބި ދެ އަންހެންނެވެ.

މި މައްސަލަ ފުލުހުން ތަޙްޤީޤުކުރަމުންދާއިރު، އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.





ހިޔާލު
Burugaa yakey vahkan kuran alhaa ehchekah mi vaney vefa. Fahakah ais firihenun thunbulhi digukurumaa anhen verin moonu burugaa elhumaa Mey vahkan kuraa seehun ge amaleh