ކ،މާފުށީ ޖަލުގައި މަސައްކަތްކުރާ ކަރެކްޝަންސް އޮފިސަރަކަށް އެރަށު ތެރެއިން ހަމަލާދީފިއެވެ.
މަންޒަރު ދުށް ފަރާތަކުން "ފެށުން އޮންލައިން" އަށް ބުނީ ކަރެކްޝަންސް އޮފިސަރަށް ހަމަލާދީފައިވަނީ މިއަދު ހެނދުނު 07:30 ހާއިރު ކަމަށާއި، ހަމަލާދީފައިވަނީ ސައިކަލެއްގައި އައި ދެމީހުންގެ ތެރެއިން ސައިކަލުގެ ފަހަތުގައި ހުރި މީހާ ކަމަށެވެ.
މި މާރާމާރީ ހިންގާފައިވަނީ މާފުށީ ޖަލުގައި މަސައްކަތްކުރާ ތިން އޮފިސަރަކު އޮފް ޑިއުޓީގައި ހެނދުނު ކުޅެން ގޮސްފައި އައި މަގުމަތީގައި ކަމަށާއި، ހަމަލާ ދިން މީހާ އޮފިސަރުގެ މޫނުމަތީގައި ދެތިން ފަހަރު ޖަހާ އަޅައިގެން ހުރި އައިނު ހަލާކުކޮށްލާފައިވާ ކަމަށްވެސް މަންޒަރުދުށް ފަރާތުން މި ނޫހަށް ބުންޏެވެ.
ކަރެކްޝަންސް އޮފިސަރުގެ މޫނުމަތީގައޮގޮށްމުށުން ދެތިން ފަހަރު ޖެހި މަންޒަރު ފެނުނު ނަމަވެސް، އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލު ބުނަން ނޭނގޭކަމަށް މަންޒަރުދުށް ފަރާތުން ބުންޏެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޮފިސަރަށް ހަމަލާ ދީނުމުގެ ކުރިން ތިން މީހަކު ހިނގާފައި އައިސް، ޖަލުގައި އަނިޔާކުރި އޮފިސަރަކު އެތަނުގައި ހުރިތޯ ސުވާލުކޮށްފައިވެއެވެ. އަދި އެތަނުގައި އޭގެން މީހަކު ނެތްކަމަށް ބުނުމުން ދިއުމަށްފަހު ފަހުން ސައިކަލެއްގައި ދެމީހަކު އައިސް އޮފިސަރަހށް ހަމަލާދިނީ ކަމަށް މި ނޫހަށް މަޢުލޫމާތު ލިބިފައިވެއެވެ.
ކަރެކްޝަންސް އޮފިސަރަކަށް އާއްމުންގެ މީހަކު މާފުށިން ހަމަލާދިންކަން އިތުބާރުހިފޭ މަސަދަރަކުން "ކަށަވަރުކުރެވިފައި" ވީނަމަވެސް ފުލުހުން ވިދާޅުވީ، ކަރެކްޝަންސް ގެ އޮފިސަރަކަށް ހަމަލާދިން މައްސަލައެއް މިހާތަނަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހެޅިފައި ނުވާ ކަމަށެވެ.
ކަރެކްޝަންސް ސަރވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޮފިސަރަކަށް ހަމަލާދިންކަމުގެ ރިޕޯޓް އެސަރވިސް އަށް ލިބިފައި ނުވާ ކަމަށެވެ.




6 Responses
ކުއްވެރިންނައް އަނިޔާ ކުރުން ހުއްޓުވަން ޖެހޭ.ބާރުގެ ބޭނުން ހިފަން ޖެހޭނީ ރަނގަޅު ގޮތުގަ
މިނިވަން މާހައުލުގައި ނުގެން ގުޅެވިގެން ގެނެސް ގޮޅިއަށް ލީމަ، ރައިޓްސް އޮންނަނީ، އަތުގައި ބިޑި އަޅުވާ ހިސާބުން ހިއުމަން ރައިޓްސް ލިބޭނީ، އެޖެންޑާ 19 ވަރަށް ސާފު.
Midhen boduvaru migaumuga himaayai othy kuhverihnah
ދައުލަތުން މުސާރަދޭ މީހުންނައް އަނިޔާ ކުރިޔަސް އޯ ކޭ. ވެރިކަން ހިންގަނީ ގޭންގުތަކުން ކަމައް ފާހަގަކުރެވޭ. މާޒީ އިއާދަކުރަން ބަޔަކު މަސައްކަތް ކުރާހެންވެސް ހީވޭ.. ގަމާރުންނަށް މަގާމް ދިނީމަވާނީ މިހެން.. ވަރައްވާހަކަ. އޮފިސަރުންނަކީ ދިވެހި ރައްޔިތުނެއް ނޫ…
Kaakutho emeehunge dhifaauga nikunaany noosthakunves thibee kuveringe dhifaauga bandhevifa sarukaaruves othy Hama ehen Correction ge is verinves thibee Hama ehen
Ehen veema mi nidhun mihabaru kamaku nudhey kalymen abadhuves dhifaau kuraa meehunge dhifaauga noos liyey
Mee vara vaahaka
މި ސަރުކާކުރުން ތިބޭ ކުށްވެރިން ހިމަޔާތްކޮށްގެން އެހެން ދީންތަކަށް ފުރުސަތުދޭން
Midhen boduvaru migaumuga himaayai othy kuhverihnah