އެއްގަމު ދަތުރުފަތުރުގައި ބޭނުންކުރާ އުޅަނދުތަކުގެ ތެރެއިން ޕާކިންގ އުޞޫލުތަކާ ޚިލާފުވި ހާހަކަށްވުރެ އުޅަނދުގައި ވޭތުވެދިޔަ ހަފަތާގެ ތެރޭގައި ފުލުހުން ސްޓިކަރ ޖަހައިފިއެވެ.
ފުލުހުން އާއްމުކުރި ހަފްތާގެ މާލެ ސިޓީގެ ތަފާސްހިސާބުން ދައްކާގޮތުގައި، ވޭތުވެދިޔަ ހަފްތާގެ ތެރޭގައި 1014 އުޅަނދުގައި ފުލުހުން ސްޓިކަރ ޖަހާފައިވެއެވެ. މެދުމިންވަރުގެ ޖޫރިމަނާއަށް ބަލާނަމަ (500ރ) އެއީ ބައިމިލިއަނަށްވުރެ ބޮޑު އާމްދަނީއެކެވެ.
TRAFFIC MANAGEMENT DEPARTMENT - Weekly Statistics (15th June to 21st June 2019).@TransportMV @MaleCitymv pic.twitter.com/rLdAzlCoR5
— Maldives Police (@PoliceMv) June 23, 2019
ފުލުހުން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި 1014 ވެހިކަލުގައި ސްޓިކަރ ޖެހުމުގެ އިތުރުން 7 ކާރާއި، 17 ސައިކަލް ފުލުހުން މިދިޔަ ހަފްތާގެ ތެރޭގައި ޓޯކޮށްފައިވެއެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ފުލުހުން މާލޭ ސިޓީ އިން 467 ވެހިކަލް ޗެކްކޮށްފައިވާއިރު، އޭގެ ތެރެއިން 29 އުޅަނދެއްގެ ރޯޑްވާދިނަސް، 37 އުޅަނދެއްގެ އަހަރީ ފީ، 25 އުޅަނދެއްގެ އިންސިއުރެންސްގެ މައްސަލަ ފާހަގަކުރެވިފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައެވެ.
މީގެ އިތުރުން 69 ފަރާތެއް ލައިސެންސް ކާޑު ނެތި ދުއްވި މައްސަލައާއި، ލައިސަންސް ނެތް 146 މީހަކު އުޅަނދުފަހަތު ދުއްވި މައްސަލަ ފެންމަތިވެފައިވާކަމަށްވެސް ފުލުހުންގެ ތަފާސްހިސާބުން ދައްކައެވެ.





ހިޔާލު
މި ސަރުކާރުން ނުޖަހާނެ ސްޓިކާއެއް، ތީ އޮޅުމެއް ނުކުރާނެއް ޤަބޫލެއް ދެން ބާރަށް އަތްޖަހާ