އަދުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން ގޯތި ދިނުމަށްޓަކައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަޅު އެއްކޮށް ހިއްކާލަން ތައްޔާރުވުމުގެ ގޮތުން އެސަރަހައްދު ހުސްކުރަން އަންގައިފިއެވެ.
އާބަންކޯއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި ކޯޕަރޭޝަނުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަޅުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓަކަށް ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތަކާއި އަޑިއަށް ގޮސްފައިވާ އުޅަނދުފަހަރުތައް އެސަރަހައްދުން ނެގުމަށް ބޭނުންވާ ކަމަށެވެ.
އާބަންކޯއިން ވިދާޅުވީ، އެ ސަރަހައްދުގައި ހުރި އުޅަނދުތަކުގެ ވެރިފަރާތެއްވާނަމަ އެ ކުންފުނީގެ ހޮޓްލައިން 1516 އަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 17 އޮގަސްޓް 2023 އިން ފެށިގެން 10 ދުވަހުގެ ތެރޭގައި އެއުޅަނދެއްގެ ވެރިފަރާތުން އެ އުޅަނދެއް ނެންގެވުމަށް ދަންނަވާ ކަމަށެވެ.
ހުޅުމާލެ 2ވަނަ ފިޔަވަހީގެ ފަޅުތެރޭގައި ހުރި އުޅަނދުތައް ނެގުމާގުޅޭ pic.twitter.com/SG1at8L5eY
— Urbanco (@hdcmaldives) August 17, 2023
"މި މުއްދަތުގައި މި އުޅަނދުތައް ނަގާފައި ނުވާނަމަ "ކ.ތިމަފުއްޓާއި ކ.ގުޅިފަޅުގެ ތަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާއިމެދު އަމަލުކުރުމުގެ އުސޫލު" ގެ ދަށުން މި އުޅަނދުތަކާމެދު އަމަލުކުރެވޭނެ." އާބަންކޯއިން ވިދާޅުވެފައިވެއެވެ.
އެ ސަރަހައްދު ހުސްކުރަން އާބަންކޯއިން އެންގިއިރު، މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށްޓަކައި ހުޅުމާލެ އިތުރަށް ހިއްކަން އާބަންކޯއިން ވަނީ ނިންމާފައެވެ.