އައްޑޫ ސިޓީ ކުރީގެ ކޮންވެންޝަން ސެންޓަރ ކައިރި ވަލު ތެރޭގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި އަލިފާނުގެ ހާދިސާގެ ރިޕޯޓް އެ ސަރވިސް އަށް ލިބިފައިވަނީ މެންދުރު 12:42 ހާއިރު ކަމަށާއި، އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ހިތަދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި ސަރަހައްދުގައި އަލިފާން ރޯވެފައިވާއިރު، އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެމްއެންޑީއެފް އިން މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.
އެމްއެންޑިއެފް އިން ވިދާޅުވީ، ރޯވި އަލިފާންގަނޑު ވަލުތެރޭގެ އެކި ހިސާބުތަކަށް ފެތުރިފައިވާ ކަމަށާއި، ގާތްގަނޑަކަށް 200 މީޓަރ ވަރުގެ ސަރަހައްދެއްގައި އަލިފާން ރޯވެފައިވާ ކަމަށެވެ.
"ބޮޑަށް ރޯވެފައިހުރީ ކަށިކެޔޮ އަދި ބުރު ގަސްތަކުގައި. މިހާރު އަލިފާންގަނޑުގެ 90 އިންސައްތަ ވަނީ ކޮންޓްރޯލް ކުރެވިފައި." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
(ތަފްސީލު އަންނަނީ)




