ހުޅުމާލޭ އަމީން އެވެނިއު ކައިރީގައި ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިންގޮތުގައި، އަލިފާނުގެ ހާދިސާ ހިނގައިގެން ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ބޭފުޅުން ހަރަކާތްތެރިވެ މިހާރު ވަނީ އަލިފާންގަނޑު ނިއްވާލައިފަ އެވެ.
އަލިފާން ރޯވެފައި ވަނީ އެ އިމާރާތުގެ ޓެރެސްގަ އެވެ. އަދި މީސްމީޑިއާގައި ދައުރުވެފައިވާ ފޮޓޯ އާއި ވީޑިއޯއިން ފެންނަ ގޮތުގައި ރޯވި އަލިފާންގަނޑާއެކު އެ ސަރައްދަށް ދުންގަނޑު ވަނީ ފެތުރިފައެވެ.
މި އަލިފާނުގެ ހާދިސާ ހިނގުމާއެކު އެ ސަރަހައްދުގެ ގެތަކުން ވަނީ މީހުން ދުރުކޮށްފަ އެވެ.




