ފޮޓޯ/ އެމްއެންޑީއެފް

ރާއްޖޭގެ ކަނޑުން ވަގަށް މަސްވެރިކަން ކުރި 20 ބޯޓެއް ޖޫރިމަނާކޮށްފި

ގާނޫނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރި ބޭރުގެ 20 ބޯޓެއް ޖޫރިމަނާކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

ފިޝަރީޒް މިނިސްޓްރީން މިރޭ ވިދާޅުވީ، މަސްވެރިކަމުގެ އައު ޤާނޫނު 2019 ގައި ފާސްކުރެވުމަށްފަހު، ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދަށްވަދެ ޤާނޫނާ ޚިލާފަށް މަސްވެރިކަންކޮށްފައިވާ ބޭރުގެ 20 މަސްބޯޓެއްގެ މައްސަލަބަލައި، އެ އުޅަނދުތައް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

ބޭރުގެ މަސްބޯޓުތަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ހުއްދަނެތި މަސްވެރިކަން ކޮށްގެން ސިފައިން ވަނީ މީގެކުރިންވެސް ބޭރުގެ އެތައް މަސްބޯޓުތަކެއް އަތުލައިގަންފައެވެ. އެގޮތުން ޤާނޫނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދިޔަކަމުގެ ތުހުމަތުގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުވެސް ކޯސްޓް ގާޑުން ވަނީ ލަންކާގެ 5 މަސްބޯޓެއް ހިފަހައްޓައިފައެވެ.

މިރޭ އެކްސްގައި ކުރި ޓްވީޓެއްގައި ފިޝްރީޒް މިނިސްޓްރީން ވިދާޅުވީ، މި 5 މަސްބޯޓުގެ މައްސަލަވެސް ބަލައި، އެއުޅަނދުތަކަށް ކުރެވުނު ޖޫރިމަނާ ދެއްކުމުން، މި 5 އުޅަނދު މިހާރު ވަނީ އެނބުރި ސްރީލަންކާއަށް ފޮނުވާލައިފައި ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ