މޫނުބުރުގާ އެޅި އަންހެނުން ރެޑްވޭވްއިން ވަގަށްނެގީ ކޮސްމެޓިކްސް - ފުލުހުން

މޫނުބުރުގާ އަޅައިގެން ތިބި ދެ އަންހެނުން، ރޭ އިރާކޮޅު ގަލޮޅު މަޖީދީމަގުގައި ހުންނަ ރެޑްވޭވް ފިހާރައިން ވަގަށް ނަގާފައިވަނީ ކޮސްމެޓިކްސް ކަމަށް މޯލްޑިވްސް ޕޮލިސަ ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ފުލުހުން މިއަދު މެންދުރު ވިދާޅުވީ، ރޭ 22:10 ހާއިރު ރެޑްވޭވް ފިހާރައިން 2 އަންހެނުން ވައްކަން ކޮށްފައިވާކަމަށް ބުނެ މައްސަލަ ހުށަހެޅުނު ކަމަށާއި، ތުހުމަތު ކުރެވޭ ދެ އަންހެން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

"އެމީހުންގެ އަތުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކޮސްމެޓިކްސް އައިޓަމްސްތަކެއް ފެނިފައިވޭ." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ވަގަށް ނެގި ތަކެތި އެތަކެތީގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށާއި، ވައްކަމުގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިތުރަށް ތަޙްޤީޤުކުރަމުންދާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ސައީދު

    މިހެންވެދޯ ޝަހީމް އެކިޔަނީ އިލްމުވެރިން ޓެރަރިސްޓުންނަށް ހަދައިފާނެއޭ.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ