ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް(ސެންބެ): ފޮޓޯ/ ރައީސް އޮފީސް

ނައިބު ރައީސް މޮންޓެނީގްރޯއަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް(ސެންބެ) ރިޕަބްލިކް އޮފް މޮންޓެނީގްރޯއަށް މިއަދު ފުރާވަޑައިގަންނަވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، އެމަނިކުފާނުގެ މި ދަތުރުފުޅުގައި، މޮންޓެނީގްރޯގެ ޑަނިލޮވްގްރަޑްގައި ބާއްވާ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓެނީގްރޯގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. މި ކޮންގްރެސް އޮންނާނީ މި ޑިސެންބަރު މަހު 24 އިން 26 އަށެވެ.

މި ކޮންގްރެސްގައި ނައިބު ރައީސް ވާހަކަފުޅުދައްކަވަނީ، ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ފޮރ ސެކިއުރިޓީ، އިންޓަރނަލް ޕޮލިސީ، ޔޫރަޕިއަން އެންޑް ފޮރިން އެފެއާޒް އަދި ޑިމޮކްރެޓިކް މޮންޓެނީގްރޯގެ ރައީސް ހިޒް އެކްސެލެންސީ މިސްޓަރ އަލެކްސާ ބެސިކްގެ ދަޢުވަތަކަށް ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ދިވެހި ރާއްޖެއާއި މޮންޓަނީގްރޯއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ 24 ނޮވެންބަރު 2009 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ