މޭވާގަސް އިންދުމުގެ ތެރެއިން - ފޮޓޯ: ޕޮލިސް

ފުލުހުން މޭވާ ގަސް އިންދަނީ

ދިވެހި ފުލުހުން މޭވާ ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ފުލުހުންގެ 92 ވަނަ އަހަރީ ދުވަހާ ގުޅިގެން، ދިވެހިރާއްޖޭގައި ފުލުހުން ގާއިމުވެތިބި ހުރިހާ ސަރަހައްދެއްގައި މޭވާ ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ކޮމިޝަނަރ އޮފް ޕޮލިސް ނިންމަވާފައިވާ ކަމަށެވެ.

"އަޕަރ ނޯތު ޕޮލިސްގެ ހުރިހާ ރަށެއްގައި ވަރަށް ފުރިހަމައަށް މި ހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާތީ ށ. އަތޮޅުގައި މި ހަރަކާތް ވަނީ ފަށާފައި." ފުލުހުން ވިދާޅުވިއެވެ.

މޭވާގަސް އިންދުމުގެ ތެރެއިން - ފޮޓޯ: ޕޮލިސް

އެގޮތުން ކޮަމަންޑޫ، ފޯކައިދޫ އަދި ފޭދޫގައި ވެސް ފުލުހުންނާއި ސިވިލް މުވައްޒަފުން ބައިވެރިވެ މޭވާ ގަސް އިންދުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ