ތަމްރީނު ޕްރޮގްރާމުގެ ތެރެއިން - ފޮޓޯ: ފުލުހުން

ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންގެ ހަވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފި

ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންގެ 6 ވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި މި ކޯސް ފަށާފައިވަނީ މި އެޕްރީލް މަހުގެ 13 ވަނަ ދުވަހު ކަމަށާއި، ހަތަރު ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި ސްޕެޝަލް ކޮންސްޓަބުލަރީ 27 ފުލުހުން ބައިވެރިވެފައިވާ ކަމަށެވެ.

"މި ކޯހަކީ ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންނަށް ބޭނުންވާ އަސާސީ ތަމްރީނާއި ހުނަރުތައް ދަސްކޮށްދިނުމަށް ފަރުމާކޮށްފައިވާ ކޯހެއް. މި ކޯހުގައި، ފިޒިކަލް ޓްރެއިނިންގ، ޑްރިލް، ބާރުގެ ބޭނުންކުރުމާއި ދިފާއީ އުކުޅުތައް ދަސްކޮށްދޭނެ." ފުލުހުން ވިދާޅުވިއެވެ.

ތަމްރީނު ޕްރޮގްރާމުގެ ތެރެއިން - ފޮޓޯ: ފުލުހުން

ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ އިތުރުން މުއާމަލާތުކުރުމުގެ ހުނަރުތަކާއި ފުލުހުންގެ ސަލާމަތީ ހުނަރުތައް ވެސް މި ކޯހުގެ ތެރެއިން ދަސްކޮށްދޭނެކަމަށް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ