މުޒާހަރާގައި ހައްޔަރުކުރި ޒުވާނުންނާއި ގުޅުވައި ޔާސްމީންގެ ސްކްރީން ޝޮޓެއްކަމަށް ބުނެ ދައުރުކުރަނީ ފޭކެއް

ރޭ ޒުވާނުން ކުރަމުންދިޔަ މުޒާހަރާގައި ހައްޔަރުކުރި ޒުވާނުންނާއި ގުޅުވައި ރައީސް ޑރ މުޢިއްޒުގެ ދަރިކަނބަލުން ޔާސްމީން މުޢިއްޒުގެ ސްކްރީން ޝޮޓެއްކަމަށް ބުނެ ދައުރުކުރަމުންދަނީ ފޭކެއް ކަމަށް ޤާނޫނީ ވަކީލާ ޢާއިޝަތު ޢާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.

ޢާޒިމާ ވިދާޅުވީ ރޭ މުޒާހަރާ ކުރި މީހާކު ހައްޔަރުކުރުމާއި ގުޅިގެން ޔާސްމީން ހިއްސާކުރި އިންސްޓަގްރާމް ސްޓޯރީއެއް ކަމަށްބުނެ ދައުރުކުރަމުންދަނީ ފޭކެއް ކަމަށެވެ.

މިފަދަ ވާހަކަތަކަކީ ހަޤީޤަތާއި ޚިލާފުި އަދި އަސްލު އޮޅިގެންދާނެ ފަދަ ކަންކަން ކަމަށްވުމުން މިފަދަ ވާހަކަތައް ނުފެތުރުމަށް އާއިލާއިން އެދޭކަމަށްވެސް ޢާޒިމާ ވިދާޅުވެފައިވެއެވެ.

ރައީސް މުޢިއްޒުގެ ދޮށީ ދަރިކަލުންނާއި ގުޅިގެން އިދިކޮޅު ޕާޓީގެ މުޒާހަރާއެއްގެ ތެރޭގައި އެޕާޓީގެ އެކްޓިވިސްޓަކު ދެއްކި ވާހަކަ ތަކަކާއި ގުޅިގެން މިހާރުވެސް ކޯޓުގައި މައްސަލައެއް ކުރިއަށް އެބަދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ