ވަޒީރު ޝަހީމް ޙައްޖު މިޝަންއާއި ބައްދަލިުކުރެއްވުން

ވަޒީރު ޝަހީމް މިއަހަރުގެ ރާއްޖޭގެ ޙައްޖު މިޝަންއާއި ބައްދަލުކުރައްވައިފި

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު 1446ވަަނަ އަހަރުގެ ރާއްޖޭގެ ޙައްޖު މިޝަންއާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ޙައްޖު މިޝަންގެ މެމްބަރުންގެ ޒިންމާ ވީހާވެސް ފުރިހަމައަށް އަދާކުރެއްވުމަށާއި، ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ ޚިދުމަތެެއް ދެވޭތޯ ޔަގީން ކުރުމަށް ނަސޭހަތް ދެއްވާފައެވެ.

އަދި ދިވެހި ޙައްޖުވެރިންނަށް ދަތިވާ ކަންތައްތަކަށް ޙައްލު ހޯދެއްވުމަށް މަސައްކަތް ކުރެއްވުމަށާއި ހައްޖުވެރިންނާއި ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށް ވަޒީރު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ޙައްޖުވެރިންގެ ކަންކަން ވީހާވެސް ގާތުން ބެލުމަށް ސައުދީ އަރަބިއްޔާގައި ހަރަކާތްތެރިވާ ދިވެހި ޙައްޖު މިޝަންގައި ޙައްޖު ކޯޕަރޭޝަންގެ ބޭފުޅުންނާއި، މެޑިކަލް ޑޮކްޓަރަކާއި، ދީނީ ޢީލްމުވެރިންގެ އިތުރުން ފަބްލިކް ސާވިސް މީޑިއާގެ ފަރާތުންވެސް ބޭފުޅަކު ހިމެނެއެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ