އާސަންދަ އޮފީސް.ފޮޓޯ:ޕީއެސްއެމް

މިއަހަރުގެ މިހާތަނަށް 3446 މީހަކު 4805 ފަހަރު އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހަދައިފައިވޭ

މިއަހަރުގެ މިހާތަނަށް 3446 މީހަކު 4805 ފަހަރު އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހަދައިފައިވާ ކަމަށް އާސަންދައިން ބުނެފިއެވެ.

އާސަންދައިން ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، 18 އަހަރުން ދަށުގެ ކުދިންނަށް ޚާއްސަކޮށްގެން ތަޢާރަފުކޮށްފައިވާ ސްކޫލް ހެލްތު ސްކްރީނިން ޕެކޭޖުގެ ދަށުން 123 ދަރިވަރަކު ފުރަތަމަ ފަހަރަށް މެޑިކަލް ޗެކްއަޕް ހަދާފައިވެއެވެ. މި ޗެކްއަޕްތަކަށް ޖުމްލަ 127,305 ރުފިޔާ ޚަރަދުވެފައިވާކަމަށް އެ ކުންފުނިން ވިދާޅުވެފައި ވެއެވެ.

އަދި 40 އަހަރުން މަތީގެ ފަރާތްތަކަށް ޚާއްސަކޮށްގެން ތަޢާރަފުކުރި ކެންސަރު ޕެކޭޖުގެ ދަށުން 699 މީހުން ކެންސަރު ސްކްރީނިން ހަދާފައިވާއިރު، މި ސްކްރީނިންތަކަށް ޖުމްލަ 619,740 ރުފިޔާ ޚަރަދުވެފައިވެއެވެ. އަދި 40 އަހަރުން މަތީގެ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ފުރަތަމަ މެޑިކަލް ޗެކްއަޕް ޕެކޭޖުގެ ދަށުން 2,824 މީހުން ޗެކްއަޕް ހަދާފައިވެއެވެ.

އޭގެ އިތުރުން 19 އަހަރާއި 39 އަހަރާ ދެމެދުގެ 642 ފަރާތަކުން މެޑިކަލް ޗެކްއަޕް ހަދާފައިވާއިރު، މި ޕެކޭޖުގެ ދަށުން ހެދުނު ޗެކްއަޕްތަކަށް 268,020 ރުފިޔާ ހރަދުވެފައިވެއެވެ. މީގެއިތުރުން، ޖެނެރަލް އޯޕީޑީ ޑޮކްޓަރުން ރިފާކޮށްގެން 642 މީހަކު 748 މެޑިކަލް ޗެކްއަޕް ހަދާފައިވާކަމަށް އާސަންދައިން ވިދާޅުވެފައި ވެއެވެ.

ޖުމްލަ ގޮތެއްގައި އާސަންދައިގެ ދަށުން މެޑިކަލް ޗެކްއަޕް ހެދުމަށް ހުޅުވާލި ފުރުސަތުގައި 3,446 މީހަކު 4,805 ފަހަރުގެ މެޑިކަލް ޗެކްއަޕް ހަދާފައިވެއެވެ. މި ޗެކްއަޕްތަކަށް ޖުމްލަ 4,637,515 ރުފިޔާ ޚަރަދުވެފައިވެއެވެ.

އާސަންދަ މެދުވެރިކޮށް އަހަރަކު ދެފަހަރު މެޑިކަލް ޗެކްއަޕް ހެދުމުގެ ހިދުމަތް ފެށިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅެއްގެ ދަށުންނެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ