މުވާޞަލާތީގޮތުން ދުނިޔެ މި ދެކޭ ހަލުވި ކުރިއެރުން ބޭނުން ހިފަންވީ ޤައުމަށް އާމްދަނީ ހޯދަން: ރައީސް

މުވާޞަލާތީގޮތުން ދުނިޔެ މި ދެކޭ ހަލުވި ކުރިއެރުން ބޭނުން ހިފަންވީ ޤައުމަށް އާމްދަނީ ހޯދަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ މުވާސަލާތާއި މައުލޫމާތުގެ ދާއިރާގެ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ޤައުމުގެ ތަރައްޤީއާއި މުސްތަޤްބަލަށް މުހިންމު މި ޚިދުމަތުގައި އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"މުވާޞަލާތީ ގޮތުން ދުނިޔެ މިދެކޭ ހަލުވި ކުރިއެރުމުގެ ބޭނުން އަޅުގަނޑުމެން ހިފަންވީ ދިވެހިރާއްޖެ އިޝްތިހާރުކޮށް، މަޤްބޫލުކަން އިތުރު ކުރުމަށް" ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

އަދި މުވާޞަލާތީ ގޮތުން ދުނިޔެ މިދެކޭ ހަލުވި ކުރިއެރުމުގެ ބޭނުން އަޅުގަނޑުމެން ހިފަންވީ ޤައުމަށް އާމްދަނީ ހޯދޭނެ މަގުތައް ފަހި ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ޕޯސްޓުގައި ވަނީ މުވާޞަލާތާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގެ އެކި މަސައްކަތްތައް ރާއްޖޭގައި ކުރައްވަވާ ހުރިހާ ޚިދުމަތްތެރީންނަށް، ތަހުނިޔާ ފޮނުއްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ