މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުވައިދެއްވައިފި

މ. އަތޮޅުގެ މުލީގައި ތަރައްޤީކުުރި އެއާޕޯޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.

މިއީ މީހުން ދިރިއުޅޭ 8 ރަށް އޮންނަ މީމު އަތޮޅުގައި އެންމެ ފުރަތަމަ ހުޅުވި އެއާޕޯޓެވެ.

އެ އެއާޕޯޓު ހުޅުއްވައިދެއްވާފައި ވަނީ އެކަމަށްޓަކައި މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މުލީ އެއާޕޯޓު ތަރައްޤީކުރުމަށްޓަކައި މުލީގައި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާއި ހަވާލުކުރީ ރައީސް މުޢިއްޒު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު 2014 ވަނަ އަހަރުގައެވެ.

ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެން އެންމެ އިސްކަމެއް ދީގެން ނިންމަން އެންްގެވި މަޝްރޫއުތަކުގެ ތެރޭގައި މުލީ އެއާޕޯޓު މަޝްރޫޢު ހިމެނެއެވެ.

މިއަދު މުލީ އެއާޕޯޓް ހުޅުވިގެންދަނީ ދިވެހި ރައްޔިތުންނަށް ތަރައްގީގެ ފޮނި މީރުކަން ގެނެސްދިނުމަށް ކެތް މަދުވެފައިވާ ވެރިއެއްގެ ދުރު ވިސްނުންފުޅާއި ހާއްސަ އިރުޝާދާއި ބުރަ މަސައްކަތުންނެވެ.

މުލި އެއަރޕޯޓުގެ މަޝްރޫޢު ސަރުކާރުން ކުރިއަށްގެންގޮސްފައި ސަރުކާރުގެ މައި ކޮންސްޓްރަކްޝަން ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްގެންނެވެ.

ޑޮމެސްޓިކް އުދުހުންތަކަށް ޚާއްސަ މި އެއަރޕޯޓުގައި 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއަކާއި، ފްލައިޓްތައް ޕާކުކުރާނެ އޭޕްރަން ވަނީ ތަރައްޤީކޮށްފައެވެ.

މީގެ އިތުރުން ޕަސެންޖަރ ޓަރމިނަލަކާއި، ކޮންޓްރޯލް ޓަވަރާއި، އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް ބޭނުންވާ އެނޫންވެސް ވަސީލަތްތައް ވަނީ ޤާއިމުކޮށްފައެވެ.

މި މަޝްރޫޢަށް ދައުލަތުން 200 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ