މުލި-ނާލާފުށި ކޯޒްވޭ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވައިފި

މ. މުލި-ނާލާފުށި ކޯޒްވޭ މަޝްރޫޢުގެ ޢަމަލީ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.

މުލި – ނާލާފުށި ކޯޒްވޭ ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

އެ މަނިކުފާނު މި މަޝްރޫޢު ފައްޓަވައިދެއްވީ މިއަދު މުލީގައި އެކަމަށްޓަކައި ޚާއްޞަކޮށް ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ.

މުއްޔާއި ނާލާފުއްޓާ ދެމެެދުގައި ކޯޒްވޭ އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އޮގަސްޓް 30، 2023 ގައެވެ. މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައި ވަނީ 600 ދުވަސް ތެރޭގައެވެ. މުލި-ނާލާފުށި ކޯޒްވޭ އަކީ 565 މީޓަރުގެ ކޯޒްވޭއެކެވެ.

މި މަޝްރޫޢު ނިމޭއިރު މަގު ހެދުމާއި، ތާރު އެޅުމާއި، މަގު ބައްތި ޖެހުމުގެ އިތުރުން 112 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 15 މީޓަރުގެ ގްރޮއިން ޖެހުންވެސް ހިމެނެއެވެ.

‎މުލި އަދި ނާލާފުށި ގުޅާލުމުން މަރުކަޒީކޮށް ޚިދުމަތްތައްދީ، ވަޞީލަތްތައް ޙިއްޞާކުރުމަށާއި ދެރަށް އެއްކޮށް އިޤްތިޞާދީ ގޮތުން ކުރިއެރުވުމަށްވެސް ފަސޭހަވެގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ