ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެތެރޭގައި 300އަށް ވުރެ ގިނަ މަޝްރޫޢުގައި ސަރުކާރުން ސޮއިކުރަނީ

ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭ 300އަށް ވުރެ ގިނަ މަޝްރޫޢުގައި ސަރުކާރުން ސޮއިކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރައްވާފައި ވަނީ މ. މުލީގައި ތަރައްޤީކޮށްފައިވާ ޑޮމެސްޓިކް އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުގައި ފަށާފައި ހުއްޓިފައިވާ ގިނަ މަޝްރޫއުތަކެއް އަލުން ފެށުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ.

"މިހާރުވެސް ވަނީ 390 މަޝްރޫއެއްގައި ސޮއި ކުރެވިފައ،ި މި މަޝްރޫއުތައް ހަވާލުކޮށްފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ،ވަރަށް ގާތުން ސަރުކާރުގެ ހުރިހާ އިދާރާއަކުން ގުޅިގެން މި މަސައްކަތްތައް މި ތަރުތީބު ކުރަނީ، އަވަހަށް ފެށުމަށް،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުއްޓިފައި ހުރި އިތުރު 20 މަޝްރޫއެއްގައިވެސް، އަމިއްލަ ވިޔަފާރިތައްވެސް ހިމެނޭ ގޮތަށް، ސަރުކާރުން ވަރަށް އަވަހަށް ސޮއިކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން އެ މަޝްރޫޢުތައް ހިމެނޭހެން ފެބްރުއަރީ 2025 އިން ފެށިގެން ކުރިއަށް އޮތް ދެ މަހާ ހަމައަށް 700 ނުވަތަ 800 މަޝްރޫއު ކުންފުނިތަކާ ހަވާލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރަށްރަށުގައި ގާއިމްވެފައި އޮތް ކުންފުނިތަކާ އެ ރަށެއްގެ މަޝްރޫއުތައް ހަވާލުކުރައްވަމުން ގެންދަވާ ކަމަށާއި، މިގޮތަށް މަސައްކަތް ކުރައްވަނީ ޚަރަދު ކުޑަކުރެއްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ