ކުރީގެ ލޯބިވެރިން ތިމާޔަށް ދޮގުހަދައި އެތައްފަހަރަކު އޮޅުވާލައިފައި ވާނަމަ ނުވަތަ ތިމާގެ ހިތުގައި ޖައްސާ ހިތް ހަލާކު ކޮށްލާފައިވާނަމަ ދޭންމިއުޅޭ ނަސޭހަތުގައި ހިފުން މުހިންމެވެ.
އެތައް ފަހަރަކު ހިތްހަލާކު ވެފައިވާނަމަ ކުޑަ ދުވަސްކޮޅެއްގެ ބްރޭކެއް ނަގާލާށެވެ. ސިންގަލް ލައިފް އެންޖޯއި ކޮށްލާށެވެ. ދުނިޔެއަކީ ރަނގަޅު ގޮތުގައި އުޅެން އެނގިއްޖެނަމަ ހިތްހަމަޖެހުމާއި އުފާވެރިކަން ހޯދޭނެ އަދި އެފުރުސަތުތައް ތަނަވަސްވާނެ ތަނެކެވެ.
ތަޖުރިބާކާރުން ބުނާގޮތުގައި ކޮންމެ މީހަކުވެސް އެހެން މީހެއްދެކެ ލޯބިވުމުގެ ކުރިން ތިމާގެ އަމިއްލަ ނަފްސުދެކެ ލޯބިވާނެ ވަގުތުކޮޅެއް ހުސްކޮށްލުން މުހިންމެވެ. އެއީ ތިމާއަށް ހައްޤުވާވަރަށް ވުރެ ބޮޑު ހިތާމައަކަށް ނަފްފުސު ވެއްޓުނަ ނުދިނުމަށްޓަކައެވެ.
ސިންގަލްކޮށް ހުންނަން ޖެހިލުންވާ މީހުން ވެސް އުޅެއެވެ. އެކަމަކު އަސްލު ޖެހިލުންވާންވީ ތިމާގެ ދިރިއުޅުން ހަލާކުގެތެރެއަށް ވައްޓާލާފަދަ ބައިވެރިއަކާއި އެކު އުޅެން ޖެހިދާނެތީއެވެ. ސިންގަލްކޮށް ހުންނަން ޖެހިދާނެތީއެއް ނޫނެވެ.
ތިމާއަކީ ކޮންކަހަލަ މީހެއްކަން އެނގި، ތިމާގެ ހުރި އުނި ސިފަތަކާއި އެކު ތިމާ ބަލައިގަންނާނެ މީހެއް ކޮންމެ މީހަކަށްވެސް ވާނެއެވެ. އެހެންކަމުން އެފަދަ މީހަކު ވަންދެން އެއްވެސް މާނައެއްނެތް ރިލޭޝަންޝިޕް ތަކަށް ދިއުމަށްވުރެ ސިންގަލްކޮށް ހުރުންވެސް މާ ރަނގަޅެވެ.




ހިޔާލު
ށުކުރިއްޔާ ށުކުރިއްޔާ ށުކުރިއްޔާ