ސޭފްޓީ ބޫޓުތަކެއް ވަގަށް ނަގައިގެން ފިލަން ދިޔަ ދެމީހުނަށް ނުފިލެނީސް، ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މި ދެމީހުން ހައްޔަރުކޮށްފައިވަނީ އިއްޒުއްދީން މަގު، މާފަންނު ސަހަރާ ކައިރިން މިއަދު ކަމަށެވެ.
"އިއްޒުއްދީން މަގު، މާފަންނު ސަހަރާ ކައިރިން މިއަދު ހިނގާފައިދިޔަ 26 އަހަރުގެ ފިރިހެނަކާއި، 29 އަހަރުގެ ފިރިހެނެއް އަމަލުތައް ހުރިގޮތުން، ހުއްޓުވައި ބަލާ ފާސްކުރިއިރު، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 10 ސޭފްޓީ ބޫޓް ފެނިފައިވޭ." ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި ދެމީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.



