ދާޚިލީ ސަލާމަތުގެ ދާއިރާއިން އަމިއްލަ ކުންފުނިތަކަށް 31 މަޝްރޫޢެއް

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ފަރާތުން، އެ ދާއިރާގެ 31 މަޝްރޫޢެއް ކުރިއަށްގެންދިއުމަށް އަމިއްލަ ކުންފުނިތަކާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރިއަށްގެންދާ، މުހިންމު ބިނާވެށީގެ މަސައްކަތްތަކެކެވެ.

މި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބަސެލޯ ނަސަންދުރާގައެވެ. މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސްވެރިންގެ އިތުރުން، މަޝްރޫޢުތައް ހަވާލުކުރި އަމިއްލަ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ ސޮއިކުރެއްވިއެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ:- 

* ލ. މާމެންދޫ ޕޮލިސް ޕޯސްޓް އަޅަން އެފްޖޭ ޑިޒައިންއަށް
* ލ. މާބައިދޫ ޕޮލިސް ޕޯސްޓް އަޅަން އެފްޖޭ ޑިޒައިންއަށް
* ދ. ހުޅުދެލި ޕޮލިސް ސްޓޭޝަން އަޅަން އެފްޖޭ ޑިޒައިންއަށް
* ދ. ބަޑިދޫ ޕޮލިސް ސްޓޭޝަން އަޅަން އެފްޖޭ ޑިޒައިންއަށް
* ދ. މަޑުއްވަރީ ޕޮލިސް ސްޓޭޝަން އަޅަން އެފްޖޭ ޑިޒައިންއަށް
* ތ. ގާދިއްފުށި ޕޮލިސް ސްޓޭޝަން އަޅަން އެފްޖޭ ޑިޒައިންއަށް
* ތ. ދިޔަމިގިލި ޕޮލިސް ސްޓޭޝަން އަޅަން އެފްޖޭ ޑިޒައިންއަށް
* ބ. ކެންދޫ ޕޮލިސް ސްޓޭޝަން އަޅަން ޑޮނާޑް ޕްރައިވެޓް ލިމިޓެޑަށް
* ބ. ކަމަދޫ ޕޮލިސް ސްޓޭޝަން އަޅަން ޑޮނާޑް ޕްރައިވެޓް ލިމިޓެޑަށް
* ރ. އިނގުރައިދޫ ޕޮލިސް ސްޓޭޝަން އަޅަން ޑޮނާޑް ޕްރައިވެޓް ލިމިޓެޑަށް
* ކ. ހިންމަފުށި ޕޮލިސް ސްޓޭޝަން އަޅަން ޑޮނާޑް ޕްރައިވެޓް ލިމިޓެޑަށް
* ކ. ގާފަރު ޕޮލިސް ސްޓޭޝަން އަޅަން ޑޮނާޑް ޕްރައިވެޓް ލިމިޓެޑަށް
* ގއ. މާމެންދޫ ޕޮލިސް ސްޓޭޝަން އަލަން ޑޮނާޑް ޕްރައިވެޓް ލިމިޓެޑަށް
* ނ. މާޅެންދޫ ޕޮލިސް ސްޓޭޝަން އަޅަން ޑޮނާޑް ޕްރައިވެޓް ލިމިޓެޑަށް
* ހދ. ނެއްލައިދޫ ޕޮލިސް ސްޓޭޝަން އަޅަން ޑޮނާޑް ޕްރައިވެޓް ލިމިޓެޑަށް
* ކ. ދިއްފުށި ޕޮލިސް ސްޓޭޝަން އަޅަން އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް
* ބ. ހިތާދޫ ޕޮލިސް ސްޓޭޝަން އަޅަން އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް
* ބ. ކިހާދޫ ޕޮލިސް ސްޓޭޝަން އަޅަން އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް
* ބ. ދޮންފަނު ޕޮލިސް ސްޓޭޝަން އަޅަން އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް
* ބ. ކުޑަރިކިލު ޕޮލިސް ސްޓޭޝަން އަޅަން އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް
* ހއ. ތަކަންދޫ ޕޮލިސް ސްޓޭޝަން އަޅަން ޕެންސާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
* ހއ. ފިއްލަދޫ ޕޮލިސް ސްޓޭޝަން އަޅަން ޕެންސާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
* ހދ. ވައިކަރަދޫ ޕޮލިސް ސްޓޭޝަން އަޅަން ޕެންސާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
* ހދ. ކުރިނބީ ޕޮލިސް ސްޓޭޝަން އަޅަން ޕެންސާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
* ތ. ބުރުނީ ޕޮލިސް ސްޓޭޝަން އަޅަން އެމްލޮކް ޕްރައިވެޓް ލިމިޓެޑަށް
* ތ. ވަންދޫ ޕޮލިސް ސްޓޭޝަން އަޅަން އެމްލޮކް ޕްރައިވެޓް ލިމިޓެޑަށް
* ތ. ހިރިލަންދޫ ޕޮލިސް ސްޓޭޝަން އަޅަން އެމްލޮކް ޕްރައިވެޓް ލިމިޓެޑަށް
* މ. ކޮޅުފުށި ޕޮލިސް ސްޓޭޝަން އަޅަން އެމްލޮކް ޕްރައިވެޓް ލިމިޓެޑަށް
* ސ. މަރަދޫ ފޭދޫ ޕޮލިސް ސްޓޭޝަން އަޅަން އެމްލޮކް ޕްރައިވެޓް ލިމިޓެޑަށް
* އއ. ބޮޑުފޮޅުދޫ ޕޮލިސް ސްޓޭޝަން އަޅަން އެމްލޮކް ޕްރައިވެޓް ލިމިޓެޑަށް
* އދ. މަންދޫ ޕޮލިސް ސްޓޭޝަން އަޅަން އެމްލޮކް ޕްރައިވެޓް ލިމިޓެޑަށް

މި މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކުރުމަކީ، ދާޚިލީ ސަލާމަތުގެ ޚިދުމަތްތައް ރައްޔިތުންނާ ގާތްކޮށް، ފުލުހުންގެ ބިނާވެށި ތަރައްޤީކުރުމަށްޓަކައި އަޅާ މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސަލާމަތީ ޚިދުމަތްތައް ފުޅާވެ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ