ސުޕްރީމް ކޯޓްގެ ބަގީޗާ ގަސްތައް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތައް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.
މިއަދު އެކޯޓުން ކޮށްފައިވާ IUL)197-A3/1/2019/20) އިޢުލާނުގައި ބުނެފައިވަނީ 2 އަހަރު ދުވަހަށް އެކޯޓުގެ ބަގީޗާގަސްތައް ބަލަހައްޓައި ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 01 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 11:30 އަށް އެކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށެވެ. އަދި 07 ޖުލައި 2019 ވާ އާދީއްތަ ދުވަހުގެ 11:30 އަށް އެކޯޓަށް ދުރުވެ އަންދާސީހިސާބު ހުށައެޅުމުގެ ފުރުސަތު ހުޅުއްވާލައިފައިވާކަމަށެވެ.




