ދަތުރަކު ދާނަމަ މިތަކެތި ކޮންމެހެންވެސް ގެންދަންޖެހޭ!

ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖޭގެ އެހެން ރަށަކަށް ނުވަތަ ރާއްޖޭއިން ބޭރަށް ދާ ދަތުރުތަކުގައި ޕެކް ކުރުމަކީ އެންމެ ބުރަ އަދި އެންމެ ކުރާ ހިތްނުވާ އެއް މަސައްކަތެވެ. އަދި މިގޮތަށް ޕެކް ކުރުމުގައި އެއްޗެހި ހަނދާންނެތޭ ފަހަރު ވެސް ވަރަށް ގިނައިން އާދެއެވެ.

މިގޮތަށް ހަންދާންނެތި ދަބަހަށް ނުލެވޭ ބައެއް ތަކެތީގެ ސަބަބުން މުޅި ދަތުރު ފަނިވާ ފަހަރުވެސް އާދެއެވެ. އެހެންކަމުން އެންމެ ދުވަހަކަށް ވެކޭޝަންއަކަށް ދިޔަކަމުގައިވިޔަސް މި ހިމަނާލާ ތަކެތި ގެންދަން ކޮންމެހެންވެސް ހަނދާނުގައި ބަހައްޓަން ޖެހެއެވެ.

ފޯނުގެ ޗާޖަރަކީ މީގެތެރެއިން އެންމެ މުހިއްމު އެކައްޗެކެވެ. ފޯނާއި ނުލާ މިހާރު އަހަރެމެންނަށް ހަމަ އެއްކަމެއްވެސް ނުކުރެވޭއިރު، ފޯނުގެ ޗާޖަރު ނުލާ ރަށުން ބޭރަށް ދެވިއްޖެނަމަ މުޅި ދަތުރު ފޯރި ގެއްލެއެވެ. ފަތުރުގެ ހިތްގައިމު މަންޒަރުތަކާއި، ދަތުރުގައި ނަގާ ފޯރި ރައްޓެހިންނަށް "ސްނެޕް" ކޮށް ހަނދާންތައް ރައްކާ ކުރުމަށް ފޯނު ވަރަށް މުހިއްމެވެ. އެހެންކަމުން ފޯނުގެ ޗާޖަރު މިއީ ކޮންމެވެސް ދަބަހަށްލާން ހަނދާންކުރަންޖެހޭ އެއްޗެކެވެ.

ޗުއްޓީ ހޭދަކޮށްލުމަށް ދަތުރު ދާ އިރު ތުވާލި އަދި ދަތްއުނގުޅާ ބުރުހަކީ އާއްމުކޮށް ގިނަފަހަރު ދަބަހަށް ލާން ހަނދާން ނައްތާލެވޭ ދޭއްޗެވެ. އެގޮތުން ކުރު ޗުއްޓީތަކުގައި މިތަކެތި ނުގެންދެވިއްޖަނަމަ ފެންނުވަރާވެސް އެނބުރި އަންނަން ޖެހިދާނެއެވެ. އަދި ޗުއްޓީއަކަށް ދާއިރު އަރައިގެން ދާ ބޫޓު ނުވަތަ ފައިވާނުގެ ބަދަލުގައި އިތުރު ބޫޓެއްވެސް ގެންދިއުމަށް ހަނދާނުގައި ބެހެއްޓުން ވަރަށް މުހިއްމެވެ.

ވެކޭޝަންއަކަށް ދާއިރު ކޮންމެހެންވެސް ގެންދަން ހަނދާނުގައި ބަހައްޓަންޖެހޭ ލިސްޓުގައި އިތުރު އެއްޗެއް ހިމަނާލާނަމަ ކޭޝްކާޑު ވަރަށް މުހިއްމެވެ. މި ގޮތަށް ޗުއްޓީއަށް ދާ ދަތުރުތަކުގައި ވޮލެޓްގައި ރުފިޔާ ގެންދިއުމުގެ ބަދަލުގައި ބުއްދިވެރިގޮތަކީވެސް ކޭޝްކާޑު ގެންދިއުމެވެ. އަދި ރާއްޖޭން ބޭރަށް ދަތުރަކު ދަނީނަމަ ޕާސްޕޯޓު ދައްބަހަށް ލާން ކޮންމެހެންވެސް ހަނދާނުގައި ބަހައްޓައްޗެވެ!

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ