ބޮލީވުޑްގެ ތަރި "ވަރުން ދާވަން" އާއި އޭނަގެ ޒަމާންވީ ލޯބިވެރިޔާ ނަތާޝާ ދަލާލުގެ ކައިވެނި މި އަހަރުގެ ތެރޭގައި ކުރަންއުޅޭކަމުގެ ހަބަރު ވަނީ މީގެކުރިންވެސް ފެތުރިފައެވެ.
މި ދެ ބައިވެރިންގެ ކައިވެނި މި އަހަރުގެ ނޮވެމްބަރު މަހުގެ ކުރެވޭނެ ކަމުގެ ހަބަރު މީގެ ކުރިން ދެކެވިފައިވީނަމަވެސް، މިހާރު މި ދެތަރިން ކައިވެނި ކުރަނީ މި އަހަރުގެ ޑިސެމްބަރު މަހުގައި ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެއެވެ.
ބޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުން ވަރުންގެ ކުރިއަތް ފިލްމް "ސްޓްރީޓް ޑާންސާ" ރިލީޒްކުރާ ތާރީހް ދެން އަންނައަހަރަށް ފަސްކޮށްފައިވަނީ، ވަރުންގެ ކައިވެނި މިއަހަރުގެ ފަހުކޮޅުގައި ބޭއްވުމަށްޓަކައި ވަރުންގެ އެދުމުގެ މަތިންނެވެ.
ވަރުން އެންމެ ފަހުން ފިލްމަކުން ފެނިފައިވަނީ އޭޕްރީލް 17 ގައި ރިލީޒް ކުރި "ކަލަންކް"އިން އެވެ. ނަމަވެސް މި ފިލްމް ވަނީ ބޮކްސް އޮފީހުގައި ނާކާމިޔާބީއާއި ކުރިމަތި ލާންޖެހިފައެވެ.
ކަރަން ޖޯހަރުގެ ފިލްމް "ސްޓޫޑެންޓް އޮފް ދި އިޔާ" އިން ބޮލީވުޑްއަށް ނުކުތް ވަރުން އަކީ ބޮލީވުޑްގައި މިހާރު ފިޔަ ޖަހަމުން އަންނަ ކާމިޔާބު އެކްޓަރެކެވެ.



