ޖަލުގައި ފުލުހުންގެ ބެކަޕް ޓީމެއް އެބަތިބި، ތިބީ ސްޓޭންޑްބައިގައި - ފުލުހުން

މާފުށީ ޖަލުގެ މިވަގުތު ޚާލަތު ހުރިގޮތުން ކަރެކްޝަންސް ސަރވިސްގެ އެދުމުގެމަތިން ފުލުހުންގެ ބެކްޓް ޓީމެއް އެ ޖަލުގައި ތިބިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ، ކަރެކްޝަންސް ސަރވިސްގެ އެދުމުގެ މަތިން މާފުށީ ޖަލުގައި ފުލުހުންގެ ބެކްއަޕް ޓީމެއް "ސްޓޭންޑްބައި" ގައި އެބަތިބި ކަމަށެވެ.

"ޖަލުގައި ކުރިއަށްދާ އޮޕަރޭޝަން ހިންގަނީ މޯލްޑިވްސް ކަރެކްޝަންސް ސަރވިސް އިން. ފުލުހުން ތިބީ ސްޓޭންޑްބައިގައި." މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވިއެވެ.

ފުލުހުން މިހެން ވިދާޅުވިއިރު، ބަނޑުހައި ހޫނުކަމުގެ ހަލުތާލުކޮށް، ބައެއް ޤައިދީން ރެއިން ފެށިގެން ގޮޅިތަކަށް ވަނުމަށް ވަނީ އިންކާރުކޮށްފައެވެ. މިރޭ 09:00 އިން ފެށިގެން ކަރެކްޝަންސްގެ އިމަޖެންސީ ސަޕޯޓް ގުރޫޕުން ދަނީ އެ ޤައިދީނ ގޮޅިތަކަށް ވެއްދުމަށް މަސައްކަތް ފަށާފައެވެ.

ފުލުހުން ތިބީ އީއެސްޖީ އަށް ކޮންޓްރޯލް ނުވާ ޚާލަތެއްގައި ބެކަޕް ދިނުމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކުއްލިގޮތަކަށް އީއެސްޖީ އަދި ނަންބަރ 1 ގުރޫޕުން މާފުށީ ޖަލުގައި އޮޕަރޭޝަނެއް ފެށީ ގޮޅިތަކަށް ވަންނަން ޤައިދީން އިންކާރުކުރަމުން ދިއުމާ ގުޅިގެންނެވެ.

ކަރެކްޝަންސް އިން އިއްޔެ ހިންގި ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއްގައި ތޫނު ހަތިޔާރުގެ ގޮތުގައި ބޭނުންކުރެވިދާނެ ތޫނުކޮށްފައިހުރި ދަގަނޑާއި، ފޯނުތަކެއް ޖަލު ގޮޅިތަކުން އަތުލައިގަތްފައިވެއެވެ.

މިކަމާ ގުޅިގެން ކަރެކްޝަންސްގެ ބަހެއް ހޯދުމަށް އެ ސަރވިސްގެ މީޑިއާ އޮފިޝަލަށް ގުޅުމުން ފޯނަށް ޖަވާބުނުދެއްވާތީ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ