"ދައުވަތު" އޮލިމްޕަހަށް އަލްވަދާޢު ކިޔަނީ!

ޖޫން މަހުގެ 12 ވަނަ ދުވަހު ޕްރިމިއާ ކުރި ވީ މީޑިއާގެ ފުރަތަމަ ފިލްމް "ދައުވަތު" ގެ ކާމިޔާބު ޝޯތަކަކަށް ފަހު ފިލްމްގެ އެންމެ ފަހު ދެ ޝޯ މާލޭގެ އޮލިމްޕަހުގައި އަޅުވާނެ ތާރީޙް އިއުލާންކޮށްފިއެވެ.

"ދައުވަތު"ގެ ވަދާޢީ ދެ ޝޯ މިމަހުގެ 28 އަދި 29 ވަނަ ދުވަހު އެޅުވުމަށް ނިއްމާފައިވާއިރު، ފިލްމަށް އާއްމުންގެ ފަރާތުން ހީވެސްނުކުރާފަދަ ބޮޑު ތަރުޙީބެއް އަންނަނީ ލިބެމުންނެވެ.

ޔޫސުފް ޝަފީއުގެ ޑައިރެކްޝަންގެ ދަށުން ގެނެސްދީފައިވާ ބިރުވެރި ފިލްމް “ދައުވަތު” ބަލުންތެރިން ބަލައިގަނެފިކަމުގެ ހެއްކަކީ ފިލްމް ގެ ހައުސްފުލް 10 ޝޯ އޮލިމްޕަހުގައި  މިހާތަނަށް ދައްކާފައިވުމެވެ.

ފިލްމަށް ބެލެންތެރިންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުޙީބާއެކު، ފިލްމް ގެ ޝޯތައް މިހާރު ފޯރިއާއެކު އަތޮޅުތެރޭގައިވެސް ދައްކަން ފަށާފައިވާއިރު، އަތޮޅުތެރޭގެ ގިނަ ރަށްތަކަކުން "ދައުވަތު" އެޅުވުމަށް އަންނަނީ އެދެމުންނެވެ.

ރާއްޖޭގެ ދެކުނުގެ ރަށެއްގައި ހިނގާދިޔަ ހާދިސާއެއްގެ މައްޗަށް އުފައްދާ މި ފިލްމަކީ، ސިހުރުގެ ސަބަބުން ދެމަފިރިއެއްގެ ދިރިއުޅުމަށް ކުރިމަތިވާ ބިރުވެރި ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ.

ފިލްމް ބެލުމަށްފަހު ގިނަ އަދަދެއްގެ ބަޔަކު ފިލްމްގެ ވާހަކައާއިމެދު ހިއްހަމަޖެހި މީސްމީޑިއާގައި ފިލްމަށް ތައުރީފުކޮށްފައިވާއިރު، ގިން ބަޔަކު ފާހަގކުރިގޮތުގައި މި ފިލްމަކީ މިހާރުގެ މުޖުތަމަޢުއަށް ވަރަށް ޢިބްރަތްތެރި ފިލްމެކެވެ.

“ދައުވަތު” ގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ މަރިޔަމް އައްޒަ އާއި އަލީ (ދޮންއައްޔަ) އާޒިމްގެ އިތުރުން އަހުމަދު (އާނަންދު) އީސައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ