ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު - ފެށުން ފޮޓޯ: ވިސާމް

ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ބެންޗް 7 އަށް އިތުރުކުރަނީ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރު ކުރުމަށް ނިންމާފައިވާ ކަމުގައި ބަންޑާރަ ނައިބު އިބްރާޙިމް ރިފްޢަތު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު އިބްރާހިމް ރިފްޢަތު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ބެންޗު ހަތް ފަނޑިޔާރުންގެ ބެންޗަކަށް ބަދަލުކުރުމަށްޓަކައި ކޯޓުތަކާ ބެހޭ ގާނޫނަށް މި ހަފްތާގައި އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ.

2008 ސެޕްޓެންބަރު 18 ގައި ސުޕްރީމްކޯޓް އުފެދުނުއިރު އެކޯޓްގެ ފަނޑިޔާރުންގެ އަދަދަކީ 7 ފަނޑިޔާރުންނެވެ. ނަމަވެސް ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު 2014 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 10 ވީ ބުދަ ދުވަހު ރައްޔިތުންގެ މަޖިލިހުން ފާސް ކުރައްވައި، 11 ޑިސެންބަރު 2014 ވީ ބުރާސްފަތި ދުވަހު ރައީސުލް ޖުމްހޫރިއްޔާ އެ ބިލު ތަޞްދީޤު ކުރައްވައި ހަމަ އެ ތާރީޚުގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވުމާ ގުޅިގެން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު ޤާނޫނަށް ގެނެވުނު އިޞްލާޙާ އެއްގޮތަށް 7 ފަނޑިޔާރުން ގެ ބެންޗަކުން 5 ފަނޑިޔާރުންގެ ބެންޗަކަށް ބަދަލުކުރެވުނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ