އެމްޑީޕީގެ ބޮޑު ދިދަ ނެގުން މާދަމާ

މޯލްޑިވިއަން ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 14 ވަނަ އަހަރީ ދުވަހާއި ގުޅިގެން ބާއްވާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން މާދަމާ ހެނދުނު 6:00 ގައި އެޕާޓީގެ ހަރުގޭގައި ހާއްސަ ދިދަ ނެގުމުގެ ހަރަކާތެއް އޮންނާނެކަން އެޕާޓީން ހާމަކޮށްފިއެވެ.

އެމްޑީޕީން ބުނީ، އެމްޑީޕީގެ 14 ވަނަ އަހަރީ ދުވަހާއި ގުޅިގެން އެމްޑީޕީ ދިދަ ނެގުމުގެ ރަސްމިއްޔާތު މާދަމާ ހެނދުނު 6:00 ގައި އެމްޑީޕީ ހަރުގޭގައި ކުރިއަށް ދާނެ ކަމަށެވެ. އަދި މި ހަރަކާތުގައި ބައިވެރިވުމަށް ޕާޓީގެ އެންމެހާ މެންބަރުންނަށް އެމްޑީޕީއިން ދައުވަތު އަރުވައިފައި ވެއެވެ.

https://twitter.com/MDPSecretariat/status/1143454514298515456

އެމްޑީޕީ އަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. އެމްޑީޕީ އެންމެ ފުރަތަމަ ޤާއިމުކުރެވުނީ ސިލޯނުގެ ކޮޅުނބުގައި އަރުވާލެވިގެންތިބެ، ނޮވެންބަރު 2003 ގައެވެ.

ޖޫން 2005 ގައި ޤާނޫނީ އޮނިގަނޑަށް ގެނެވުނު ބަދަލާއެކު ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް ރަޖިސްޓަރީ ކުރުމަށް ޤާނޫނީ ބާރު ލިބުމާއި ގުޅިގެން އެމްޑީޕީގެ އެކްޓިވިސްޓުންވަނީ ޕާޓީ ރަޖިސްޓްރީ ކުރުމުގެ ކަންކަން ހަމަނުޖެހެނީސް ހޯމް މިނިސްޓްރީގެ އޮފީހުން ނުނިކުމެ، ސުލްޙަވެރިކަމާއެކު އިށީނދެތިބެ، 23 ޖޫން 2005 ގައި ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީގެގޮތުގައި އެމްޑީޕީ ރަޖިސްޓްރީކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ